ވަޒަން ބޮށިގަނޑު ބޭނުންކޮށްގެން ހަދާފައިވާ ޕުޓިންގެ ފޮޓޯއެއް

ދެހާސް ސާދަ ވަނަ އަހަރު ޔޫކްރެއިންގައި ހިނގި ހަމަނުޖެހުންތަކުގައި ބޭނުންކުރި ވަޒަން ބޭނުންކޮށްގެން ރަޝިއާގެ ރައީސް ވްލެޑެމިއާ ޕުޓިންގެ ފޮޓޯއެއް ހަދައިފިއެވެ.

ހަތް ފޫޓުު ދިގު އެ ފޮޓޯވަނީ އެމެރިކާގެ ނިއުޔޯކުގެ އާޓް އެގްޒެބިޝަނެއްގައި ދައްކާލައިފައެވެ. އެ ފޮޓޯ އިން ދޭހަކޮށްދެނީ ހަނގުރާމައިގެ ބިރުވެރިކަމެވެ.

އެ ފޮޓޯ ތައްޔާރުކޮށްފައިވަނީ ޔޫކްރެއިންގެ ދެ އާޓިސްޓުންނެވެ. އިރުމަތީ ޔޫކްރެއިންގައި ހިނގި ހަމަނުޖެހުންތަކުގެ ޒިންމާ ޕުޓިން އުފުލަންޖެހޭނެ ކަމަށް އެ ދެއާޓިސްޓުން ބުނެއެވެ.

އެ ހަމަނުޖެހުންތަކުގައި އެމީހުންގެ ގާތް ގިނަ ބަޔަކު މަރުވި ކަމަށާއި އެފަދަ ފޮޓޯއެއް ތައްޔާރުކުރީ އެމީހުންގެ ހަނދާނުގައި ކަމަށް ފޮޓޯ ތައްޔާރު ކުރުމުގައި ހަރަކާތްތެރިވި ޑޭނިއަލް ބުންޏެވެ.

ފޮޓޯ ތައްޔާރުކުރުމުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް ޑޭނިއަލް ބުންޏެވެ. މަސައްކަތް ނިންމާލެވުނީ ހަ މަސްދުވަހުންނެވެ.

"ވަޒަންތައް އޮތީ މުޅި ތަނުގައި. ގޭގޭގެ ކޮޓަރިތަކާއި މަގުތައް މަތީ. މިއީ ރައްޓެހިންގެ ވަރަށް ގިނަ ބަޔެއްގެ އެހީގައި ކުރެވުނު ކަމެއް،" ޑޭނިއަލް ބުންޏެވެ. އެ ފޮޓޯ ގައި 5000 އަށް ވުރެ ގިނަ ބުލެޓް ޝެލްސް ބޭނުންކޮށްފައިވެއެވެ.

comment ކޮމެންޓް