އަމިއްލަ އަށް ތައްޔާރު ކޮށްލެވިދާނެ ފޭސް މާސްކް - ފިރިހެނުންނަށް

ހަންގަނޑަށް ދޭންވާ ސަމާލުކަމަކީ އަންހެނުންނާއި ފިރިހެނުންވެސް ހާއްސަ ކަމެއް ދޭންޖެހޭ ކަމެކެވެ. އަންހެނުންނެކޭ އެއްވަރަށް ފިރިހެނުންވެސް އެމީހުންގެ މޫނު ރީތިކޮށް ބަހައްޓަން މަސައްކަތްތައް ކުރާތަން ފެނެއެވެ.

ފިރިހެނުންގެ މޫނު ސާފުކޮށްް، ޑެޑް ސެލްތަކާއި ބްލެކް ހެޑްސްތައް ނައްތާލަން ފޭސްމާސްކް އެޅިދާނެއެވެ. މި ފޭސްމާސްކް ތަކަކީ ފަސޭހައިން ގޭގައި ތައްޔާރުކުރެވޭނެ އެއްޗެއްސެވެ.

ލެމަން މާސްކް:

ބޭނުންވާނީ މޭޒުމަތީ ސަމްސަލެއްގެ ލުނބޯ ދިޔަ އާއި، ސައި ސަމްސަލެއްގެ މާމުއި އަދި ހައެއްކަ ތިކި އޮލިވް އޮއިލް އެވެ. މި ހުރިހާ އެއްޗެއް އެއްކޮށް، ޕޭސްޓެއް ތައްޔާރުކުރާށެވެ. މޫނު ރީއްޗަށް ދޮވެ، މި ޕޭސްޓް އުނގުޅާށެވެ. 20 ވަރަކަށް މިނެޓް ބަހައްޓާ، ސްޕޮންޖް ކޮޅެއް ތެންމާލައިގެން މަޑުމަޑުން ފޮހެލާށެވެ. އިރުކޮޅަކުން ރީތިކޮށް މޫނު ދޮވެލާށެވެ.

ފްރުޓް މާސްކް:

ބޭނުންވާނީ ސްޓްރޯބެރީ އަކާ، ދޮންކެޔޮވަކެއް އަދި އަލަނާސި ފޮއްޗެކެވެ. މި ހުރިހާ އެއްޗެއް ޗިސްކޮށް ޕޭސްޓެއް ތައްޔާރުކުރާށެވެ. ޕޭސްޓް ތައްޔާރުކުުރުމަށްފަހު މޫނުގައި އުނގުޅާށެވެ. 20 ވަރަކަށް މިނެޓް ބަހައްޓާލުމަށްފަހު ދޮންނާނީއެވެ. މޫނުގެ ހަންގަނޑު މަޑުކޮށްދޭނެއެވެ.

އޯޓްމީލް ފޭސްމާސްކް

އޯޓް މީލް އަކީ މޫނުގައި ހުންނަ ތެޔޮކަން ކަނޑުވާލާނެ އެއްޗެކެވެ. މި ފޭސްމާސްކް ތައްޔާރުކުރުމަށް އެންމެ ފުރަތަމަ މިކްސަރުން އޯޓްމީލް ހިމުންކޮށްލާށެވެ. ހޫނު ފެންފޮދެއް އެއަށް އަޅައި އެއްކޮށްލުމަށްފަހު، ހިހޫވަންދެން ބަހައްޓާށެވެ. ދެން ބިހެއްގެ ހުދުބައި، މޭޒުމަތީ ސަމްސަލެއްގެ މާމުއި އަދި ޕްލެއިން ޔޯގަޓް އަޅައި އެއްކޮށްލާށެވެ. 15 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު