ނަޓެއްލާގެ ސޭލްއަކާ އެކު ފްރާންސްގެ ފިހާރަތަކުގައި "ކުރިމަތިލުންތަކެއް"

ފްރާންސްގެ ސުޕަމާކެޓަކުން ނަޓެއްލާ ޑިސްކައުންޓު އަގެއްގައި ވިއްކުމުން ގިނަ އަދަދެއްގެ މީހުން އެފިހާރައިގައި --

ޕެރިސް (ޖެނުއަރީ 26): ފްރާންސުގެ ސުޕަމާކެޓް ޗޭނަކުން ނަޓެއްލާއިން 70 ޕަސެންޓު ޑިސްކައުންޓެއް ދިނުމާ ގުޅިގެން އެފިހާރަތަކުގައި ގިނަ އަދަދެއްގެ މީހުން ކިޔޫ ޖެހި، ހަމަނުޖެހުން ހިނގައިފިއެވެ.

ފްރާންސްގެ އިންޓަމާޝޭ ސުޕަމާކެޓްސްއިން އިއްޔެ ވަނީ އާންމުކޮށް 5.6 އެމެރިކާ ޑޮލަރަށްދޭ ނަޓެއްލާ ފުޅިއެއް 1.74 ޑޮލަރަށް ވިއްކާފައެވެ.

އިންޓަމާޝޭގެ ފިހާރައެއްގެ މުވައްޒަފަކު ބުނި ގޮތުގައި، އެ ފިހާރަ އިއްޔެ ހުޅުވުމާއެކު ގިނަ އަދަދެއްގެ މީހުން އެތަނަށް ވަދެ، 15 މިނިޓު ތެރޭގައި އެތަނުގެ ނަޓެއްލާ ސްޓޮކު ހުސްކޮށްލިއެވެ. އަދި އެހެން ފިހާރައަކުން ވަނީ 45 މިނިޓު ތެރޭ 700 ނަޓެއްލާ ފުޅި ވިކުނު ކަމަށް ބުނެފައެވެ.

"އެމީހުން ހީވަނީ ޖަނަވާރުންހެން. އަންހެނުންގެ އިސްތަށިގަނޑަށް ދަމައި، އުމުރުން ދުވަސްވީ މީހެއްގެ ބޮލުގައި ފޮއްޓަކުން ޖެހި މަންޒަރު ފެނުނު. އިތުރު މީހެއްގެ އަތުގައި ލޭ ވެސް ހުރި،" އެ ސުޕަމާކެޓަށް ދިޔަ ކަސްޓަމަރަކު ބުންޏެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުގައި އެއް ފިހާރައިގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުން ގޮސްގެންނެވެ.

އިޓަލީގެ ފެރާރޯ ކުންފުނިން އުފައްދާ ނަޓެއްލާގެ 365 މިލިއަން ކިލޯ ކޮންމެ އަހަރަކު ދުނިޔޭގެ 160 ގައުމަކުން ބޭނުން ކުރެއެވެ.

comment ކޮމެންޓް