ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސިފައިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ 10 ދާއިރާ އަކުން ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލާފައިވަ ކަމަށެވެ.

އެ ދާއިރާ ތަކަކަކީ

  • މެރިންކޯރ
  • ސްޕެޝަލް ފޯސަސް
  • ފަޔަރ އެންޑް ރެސްކިއު ސަރވިސް
  • ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
  • ކޯސްޓްގާރޑް
  • މިލިޓަރީ ޕޮލިސް
  • މެޑިކަލް ސަރވިސް
  • މިލިޓަރީ އިންޖީނިއަރސް
  • އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް
  • ސަޕޯޓް ސަރވިސް

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެއެވެ.

އަދި އެމީހަކީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފިިރިހެން މީހެއްނަމަ އިސްކޮޅުގައި ފަސްފޫޓު ފަސް އިންޗި، އަންހެނެއް ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރަށް އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް މިއަދުން ފެށިގެން ފެބްރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރާނެއެވެ. ފޯމު ބަލައިގަންނާނީވެސް ހަމަ މި ދުވަސްތަކުގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ހުޅުވާލާފައިވައިރު ސިފައިންގެ ވަޒީފާއަށް އިތުރު 100 މީހުން ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. މިފަހަރު ވަޒީފާގެ ފުރުސަތު ހުޅުވަލާފައިވަނީ ސީދާ ކިތައް މީހުންނަށްކަމެއް އިއުލާނުގައި ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް