އޭނާގެ ދިރިއުޅުން ބަދަލުވީ ކީރިތި ޤުރުޢާން މުޠާލިޢާކުރުމުންނެވެ. 2

އަސްލު ލިޔުއްވީ: އިމްތިޔާޒު އަހްމަދު އަލްމަދީނަތުލް މުނައްވަރާ

ދިވެހި ބަހަށް ތަރުޖަމާކުރީ: އަބްދުﷲ ފާރޫގު ޙަސަން

އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމާދަކީ އިސްލާމްދީނުގެ ވަރަށް މުހިއްމު ރުކުނެކެވެ. އަޅުގަނޑު ބައެއް ނަމާދުކޮށް އުޅުނީ ޔުނިވަރސިޓީކެމްޕަހުގައެވެ. ބައެއް ނަމާދު ގޭގައެވެ. އަޅުގަނޑުގެ ހިޔަމިތުރު ގާތު އަޅުގަނޑު ބުނެފީމެވެ. "ބޮޑުކޮޓަރީގައި ހުރި ބުދުތައް ނަގާށެެވެ. އަހަރެން އެތާނގައި ނަމާދުކުރާންބޭނުމެވެ." އަޅުގަނޑުގެ ވާހަކަވީ އޭނާއަށް ބަރުދާސްކުރަން އުނދަގޫ ވާހަކަޔަކަށެވެ. އެހެނީ އަނެކެއްގެ ދީނީޢަޤީދާއާ ބެހުމަކީ ބަލައިގަނެވޭ ކަހަލަ ކަމެއްނޫނެވެ. ނަމަވެސް އެބޭޗާރީ އަޅުގަނޑު އުފާކުރުވަން ބޮޑުކޮޓަރީގައި ހުރި ބުދުތައް ނަގައިފިއެވެ. އަޅުގަނޑުގެ ދީނީ މައުލޫމާތު ތަނަވަސްވަމުން ޢަޤީދާ ހަރުދަނާވަމުން ދިޔަވަރަކަށް އަޅުގަނޑުގެ ހިޔަމިތުރާވެސް ދުރުހެލިވެވޭން ފަށައިފިއެވެ. އެކަންފާޅުކުރެވޭން ވެސް ފަށަައިފިއެވެ. އަޅުގަނޑުމެންނަށް އެތައްފަހަރަކު ބައްސެރިވެސް ވެވިއްޖެއެވެ. އޭނާ ތަކުރާރުކޮށް ބުނަމުންދިޔައެވެ. "އަހަރެން ހުރިހާގޮތަކުންވެސް މިމަސައްކަތްކުރަނީ ޖިމް އުފާކޮށްދެވޭތޯއެވެ. އަހަންނަކަށް ކުޑަވެސް ތަފާތެއްނާދެއެވެ. އެހެންވީއިރު ޖިމް އަހަރެންދެކެ ފޫހިވެ އަހަންނަށް ފުރަގަސްދޭންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟

އަޅުގަނޑު ވަރަށް ހަރުދަނާކަމާއެކު ޖަވާބުދިނީމެވެ. "ތިޔަބުނީ ތެދެކެވެ. އެކަމަކު މިހާރު އަހަންނަކީ މުސްލިމަކީމެވެ. ޣައިރު މުސްލިމަކާއެކު ޒަވާޖީީޙަޔާތެއް ކުރިޔަކަށް ނުގެންދެވޭނެއެވެ." އަޅުގަނޑަކީ އެއްވެސްމީހަކު ހިތްދަތިކުރުވާނެ މީހެއްނޫންކަން އަޅުގަނޑުގެ ހިޔަމިތުރަށް ރަނގަޅަށް އެނގޭނެއެވެ. އެންމެންނާމެދުވެސް އަޅުގަނޑު ކަންތައްކުރަނީ ވެވުނު އެންމެ ރަނގަޅަކަށެވެ. ރީތިކޮށެވެ. އިހްސާންތެރިކޮށެވެ. އޭނާ އެއްވެސް އަގެއްގައި އަޅުގަނޑާ ވަކިވާކަށެއް ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ބުނާންފަށައިފިއެވެ. "އަހަރެމެންގެ ގުޅުން ދެމެހެއްޓުމަށްޓަކައި އަހަރެން ކުރާންވީ ކޮންކަމެއްހެއްޔެވެ؟" އަޅުގަނޑު ޖަވާބުދިނީމެވެ. "ކަލޭ އިސްލާމްވާށެވެ." އޭނާ ސުވާލުކުރިއެވެ. "އިސްލާމަކީ ކޮންކަމެއްހެއްޔެވެ؟ އިސްލާމްވާނީ ކިހިނަކުންހެއްޔެވެ. އަޅުގަނޑު އިސްލާމްދީނުގެ އަސާސީކަންތައްތައް އޭނާއަށް ކިޔައިދީފީމެވެ. އެހައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހުރިހާ ކަމެއް އޭނާގެ ހިތުގައި ފުރިހަމަޔަކަށް އަށައެއް ނުގަނެއެވެ. އެހެން ނަމަވެސް އަޅުގަނޑު އުފާކުރުވަން އޭނާ އިސްލާމްވެއްޖެއެވެ. އޭނާ އަމިއްލަ އަތުން އަޅުގަނޑުމެންގެ ގެ ބުދުތަކުން ތާހިރުކޮށްފިއެވެ.

ކާވެންޏަށްފަހު އަޅުގަނޑުމެން ދެމީހުން އަވަށުގެ މިސްކިތަށް ދާންފަށައިފީމުއެވެ. އެގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަޅުގަނޑުގެ އަންހެނުން ގަވާއިދުން ފަސްނަމާދު ނުކުރާކަމުގައި އަޅުގަނޑަށް އިހްސާސްވާންފަށައިފިއެވެ. އަޅުގަނޑު ރުޅިއައިސްފައިބުނީމެވެ. "ކަލެޔަކީ ކޮންކަހަލަ މުސްލިމާއެއް ހެއްޔެވެ. ފަސްނަމާދުވެސް ގަވައިދަކުން ނުކުރަމުއެވެ." އޭނާ ޖަވާބުދިނެވެ. "އަޅުގަނޑު ނަމާދުކުރަން އާދަވޭތޯ އެބަ މަސްކަތްކުރަމެވެ." ދުވަސްކޮޅަކުން އަޅުގަނޑު އަނެއްކާވެސް އެވާހަކަ ތަކުރާރުކޮށްފީމެވެ. އެފަހަރު އޭނާ ރޯންފަށއިފިއެވެ. އަވަށުގެ މުސްލިމު އަންހެނުންގެ ގާތުގައި އަޅުގަނޑުގެ ހަރުކަށިކަމާ ބެހެ ގޮތުން ޝަކުވާކޮށްފިއެވެ. އެހިސާބުގަނޑުގެ މުސްލިމުންގެ އިސްބޭކަލުންނާ ހަމަޔަށް މައްސަލަ ހިނގައްޖެއެވެ. އެފަރާތުން ހަރުދަނާ މުސްލިމު ދެމަފިރިއަކު އަޅުގަނޑުމެން ދެމީހުން ސުލްޙަ ކުރުވާން ފޮނުވިއެވެ. އެދެމީހުން ވަރަށް ބާރުލައިފައި އަޅުގަނޑަށް ނަސޭހަތްދިނެވެ. ކަލޭގެ އަންހެނުނަކީ އަލަށް އިސްލާމްވިކުއްޖެކެވެ. އެފަދަ ކުއްޖެއްގެ ހިތާއި ރޫޙު އިސްލާމީ ކުލައިން ކުލަޖެހެމުން ދާނީ މަޑުމަޑުންނެވެ. އެކަމަށް ވަގުތު ބޭނުންވާނެއެވެ. ތިޔަހައި ހަރުކަށިވުން ރަނގަޅެއްނޫނެވެ. އޭގެފަހުން އަޅުގަނޑުގެ މިޒާޖުވެސް ބަދަލުކުރީމެވެ.

އަޅުގަނޑާ އެއްއުމުރެއްގެ އެމެރިކާ ކުދިންގެ ތެރޭގައި އުޅޭއިރު އެންމެންވެސް ވާހަކަ ދައްކަނީ އެއްފަހަރާއެވެ. އެކަކު އަނެކަކުގެ ވާހަކަ އަޑުއެހުމެއް އެކެއްގެ ވާހަކަ ނިމެންދެން އަނެކަކު އިންތިޒާރުކުރުމެއް ނޯވެއެވެ. ނަމަވެސް އަޅުގަނޑު އިސްލާމްވުމަށްފަހު އަޅުގަނޑުގެ އެކުވެރީންނަށް ފެންނާންފެށީ އެފަދަ ވަގުތުތަކުގައި އަޅުގަނޑު ހަނުހުންނަތަނެވެ. އަޅުގަނޑު ވާހަކަ ދައްކަނީ އެކުދީންގެ ވާހަކަ ނިމުމުންނެވެ. އަޅުގަނޑުގެ އެކުވެރީން އެކަންތައް ފާހަގަކުރީ އަޅުގަނޑަށްއައި ވަރަށްބޮޑު ތަފާތެއްގެ ގޮތުގައެވެ. އަޅުގަނޑު ކުރިޔަށްވުރެމާ ނިޔަނެތި ވެއްޖެކަމަށާއި، މާހެޔޮލަފާވެއްޖެކަމުގައެވެ. އަޅުގަނޑަށް އައި ބަދަލާމެދު އެމީހުން ހައިރާންވެގެން ވާހަކަދައްކާންފަށައިފިއެވެ. އެކުދީން ވަރަށް ގިނަފަހަރަށް އެކަކު އަނެކަކާ ދައްކައި އުޅެނީ ބޭކާރުވާހަކަތަކެވެ. ވިޔާނުދާވާހަކަތަކެވެ. އެފަދަ މާހައުލުގައި އަޅުގަނޑު ވަރަށް ހާސްވެ ފިކުރުބޮޑުވެއެވެ.

އަޅުގަނޑުގެ މައިންބަފައިންނާވެސް އަޅުގަނޑުގެ ވިސްނުންތަފާތެވެ. އެހެންކަމުން އެފަދަ ޖައްވެއްގައި އުޅޭން އަޅުގަނޑަށް އުނދަގޫވިއެވެ. އަޅުގަނޑު ބޭނުންވަނީ އެޚިޔާލުތަފާތު ތަކާއި ފިއްތުންތަކުން އުޅޭން މިނިވަންވެ ހިތްހަމަ ޖެހިގެންހުރެ އިސްލާމީ ކަންތައްތަކުގައި މަޝްޣޫލުވާށެވެ. އެހެންކަމުން އަޅުގަނޑު އެ ރަށާއި، އަޅުގަނޑުގެ އެކުވެރީންނާއި، މައިންބަފައިންވެސް ދޫކޮށްލައިފައި މިރަށަށް އަތުވެއްޖައީމެވެ. އަޅުގަނޑުގެ އަންހެނުން އޭނާގެ ތައުލީމު ނިންމުމަށްޓަކައި އެނތާގައި މަޑުކޮށްލީއެވެ. މިތާނގައި އަޅުގަނޑު މިހިރީ ހުސްއަތާއެވެ. އަޅުގަނޑު މިރަށަށް އައީ އަޅުގަނޑުގެ ޔުނިވަރސިޓީގެ ކުރީގެ ރަހްމަތްތެރިޔެއް ކަމުގައިވާ އަހްމަދުގެ ގާތަށެވެ. އޭނާއަކީ މެލޭޝިޔާއާއި އިންޑޮނޭޝިޔާގެ ކިޔަވާކުދީންގެ ޖަމްއިއްޔާގެ ވެރިޔެކެވެ. އޭނާ އަޅުގަނޑުގެ ހުރުމާއި ކެއިންބުއިމާއި އެހެންވެސް ހުރިހާ ކަމެއް ހިލޭ ހަމަޖައްސައިދެއެވެ. އެހެންކަމުން އަޅުގަނޑު އޭނާއާއެކު މިމިސްކިތަށް އަންނާންފެށީއެވެ. މިމިސްކިތުން ވަރަށްބޮޑު ރޫޙާނީ މީރުކަމެއް އަޅުގަނޑަށް އިހްސާސްވެއެވެ.

ޑިޓްރޮއިޓުގެ މިސްކިތަށް ނަމާދަށް އަންނަމީހުން ޖިމްއާ ބައްދަލުވުމުން ވަރަށްއުފާވެއެވެ. އެތައްބަޔަކު އޭނާއަށް ހަދިޔާވެސްދެއެވެ. ޖިމް ވަޒިފާއެއް ހޯދަން މަސައްކަތްފެށިއެވެ. އޭނާއަށްވަރަށް ރަނގަޅު ވަޒީފާއެއް ލިބުނެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ފަހުން އޭނާ އަޅުގަނޑު ގާތު ބުންޏެވެ. "އަޅުގަނޑު ވަޒިފާދޫކޮށްލައިފިމެވެ. އަޅުގަނޑަކީ އަލަށްވަން މުވައްޒަފަކަށްވާތީ ކާރުޚާނާގެވެރީން ހުކުރުނަމާދަށް އަޅުގަނޑަށް ޗުއްޓީދޭކަށެއް އެއްބަހެއްނުވިއެވެ. އެހެންވެ އަޅުގަނޑު ވަޒީފާދޫކޮށްލައިފީމެވެ."

ޖިމްވަނީ ކީރިތިޤުރުއާނުގެ އެތައް ސޫރަތްތަކެއް ހިތުދަސްކޮށްފައެވެ. އޭނާ އަރަބި އަކުރު ކިޔާލެއްވެސް ވަރަށް ރަނގަޅެވެ. އަޅުގަނޑު ސުވާލުކުރީމެވެ. "ޤުރުއާން ކިޔަވަން ދަސްކޮށްދިނީ ޖިމުގެ މޭޒުބާން އަހްމަދު ހެއްޔެވެ؟" އެނާ ޖަވާބުދިނެވެ. "ނޫނެކެވެ. އެގޭގައި ކޮމްޕިއުޓަރހުރެއެވެ. ކީރިތިޤުރުއާނުގެ ސީޑީތައްވެސް ހުރެއެވެ. އަޅުގަނޑު ސީ.ޑީ. އަޑުއަހައިގެން އަމިއްލައަށް ދަސްކުރީއެވެ."

އެއްދުވަހަކު ޖިމް އަޅުގަނޑު ގާތު ބުންޏެވެ. "މިސްކިތުން ކީރިތިޤުރުއާނުގެ އިނގިރޭސި ތަރުޖަމާގެ ކޮޕީއެއް އަޅުގަނޑަށް ގަނެވިދާނެހެއްޔެވެ؟" އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މަންމަޔަށް ކޮޕީއެއްދޭށެވެ. އަޅުގަނޑަށްވެސް ތެދުމަގު ފެނުނުފަދައިން މަންމަޔަށްވެސް ތެދުމަގު ފެނޭތޯއެވެ. އަދި އަޅުގަނޑުގެ ބައެއް ރަހްމަތްތެރީންނަށްވެސް ކޮޕީދޭންބޭނުމެވެ." އަޅުގަނޑު ޖަވާބުދިނީމެވެ. "ބޭނުން ވަރަކަށް ގެންދާށެވެ. ޣައިރު މުސްލިމުންނަށް ހިލޭ ދޫކުރެވޭނެއެވެ. މީހަކު ކުރެން އަހާނެކަމުއްވެސްނެތެވެ."

ޖިމް އެގޮތަށް އުޅެއުޅެ ހުއްޓައި ތަބްލީޣީ ޖަމާއަތަކާ އޭނާއާ ދިމާވިއެވެ. އެޖަމާއަތުގެ ރަނގަޅު ކަމަކީ އެޖަމާއަތުގެ މެންބަރުން އައުމުސްލިމުންނަށް ޚާއްސަގޮތެއްގައި މަރްޙަބާކިޔާކަމެވެ. އެޖަމާއަތުން އައުމުސްލިމުންނަށް ވަރަށް ފަރުވާތެރިކަމާއެކު ތައުލީމާއި ތަރުބިޔަތުދެއެވެ. އިސްލާމީ މާހައުލަށާއި މުޖްތަމަޢަށް އެމީހުން ފަރިތަކޮށް ރައްޓެހިކުރުވައެވެ. މިހެޔޮއަމަލުގައި އެޖަމާޢަތް އުޅެނީ އެހެނިހެން އިސްލާމީ ޖަމާއަތްތަކަށްވުރެ މާކުރީގައެވެ. ޖިމް އެތަބްލީޢީ ޖަމާއަތާ ގުޅިއްޖެއެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުގައި ދީން ފެތުރުމުގެ މަސައްކަތަށް އެމީހުނާއެކު ދަތުރުކުރާން ފަށައިފިއެވެ. އެގޮތުންކުރާ ދަތުރު ތަކުގައި އޭނާ ބައެއް ފަހަރު އެތައްމަހެއްވެސް ހޭދަކޮށްލައެވެ. ޑިޓްރޮއިޓަށް އަންނަނީ އެއްރެއެއްގެ ރޭގަނޑަށް ކަހަލަގޮތަކަށެވެ. މިރަށަށް އަތުވެއްޖެނަމަ މަސްޖިދުއްތައުހީދުން ބައްދަލުވެއެވެ. ޖިމްވަނީ އޭނާގެ ޙަޔާތާއި އޭނާގެ ޒުވާންކަން އެކަންކަމުގެ ނިއުމަތް ދެއްވި ފަރާތަށްޓަކައި ވަގުފުކޮށްފައެވެ. ކޮންމެވެސް މީހެއްގެ ޅެންބައިތެއްގައިވެއެވެ.

"ޒުވާން އުމުރުގައި ތައުބާވުމަކީ ނަބީބޭކަލުންގެ ސުންނަތެކެވެ. މިނިކާވަގުވެސް މުސްކުޅިވެ ހިރިނުލެވެމުން ތަޤްވާވެރިވެއެވެ."

comment ކޮމެންޓް