ފޭސްބުކްގެ ޕްރައިވެސީއަށް ބަދަލުގެނެސް ޔޫޒަރުންނަށް ބޮޑު ކޮންޓްރޯލެއް ދެނީ

ފޭސްބުކް ގެ ސީއޯއޯ---

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ރަސްގެފާނު، ފޭސްބުކްގެ ޕްރައިވަސީ، އެ ޕްލެޓްފޯމު ބޭނުންކުރާމީހުންނަށް ދޫކޮށްލަން ފޭސްބުކުން ނިންމައިފިއެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމަން ފޭސްބުކަށް ޖެހުނީ ޔޫރަޕުގައި ފާސްކުރި "ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލެޝަން"ގެ ސަބަބުންނެވެ. މިއާއެކު ފޭސްބުކް ބޭނުންކުރާމީހުންނަށް އެމީހުންގެ އަމިއްލަ މައުލޫމާތު އެ ޕްލެޓްފޯމުގައި ބޭނުންކުރާއިރު ކޮންޓްރޯލު ލިބޭނެއެވެ.

"ފޭސްބުކް ބޭނުންކުރާ މީހުންނަށް، އެމީހުންނާ ބެހޭ މައުލޫމާތު މެނޭޖު ކުރުމަށް ފަސޭހަ ގޮތްތަކެއް ތައާރަފް ކުރަން މިދަނީ ވާހަކަ ދައްކަމުން. ވަރަށް އަވަހަށް މި ބަދަލުތައް ގެންނާނަން،" ފޭސްބުކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފޭސްބުކުން ބުނީ ފޭސްބުކް ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް ދެފުށްފެންނަ ގޮތެއްގައި އެމީހުންގެ އަމިއްލަ މައުލޫމާތު ކޮންޓްރޯލު ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

މީގެ ކުރިން 2009 ވަނަ އަހަރު ތެރޭގައި ފޭސްބުކުން ވަނީ އެމީހުންގެ ޕްރައިވެސީ ޕޮލިސީއަށް ބަދަލު ގެނެސްފައެވެ. އެފަހަރު ފޭސްބުކުން މަސައްކަތް ކުރީ ފޭސްބުކްގައި ހުރި ހުރިހާ ފޮޓޯ އަކީ އެމީހުންގެ އަމިއްލަ އެއްޗަކަށް ހެދުމަށެވެ.

ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލެޝަން އާއެކު ފޭސްބުކްގެ އިތުރުން، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާ އެހެން އެޕްލިކޭޝަން ތަކުންވެސް ސަމާލުވާން ޖެހޭނެއެވެ. މީހުންގެ ޒާތީ މައުލޫމާތު "ލީކް" ވެއްޖެ ހާލަތެއްގައި، ނޫނީ އެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކޮށްފިނަމަ އެ ބަޔަކާމެދު ފިޔަވަޅު އަޅާނެއެވެ.

ފޭސްބުކްގެ ޕްރައިވެސީ ޕޮލިސީއަށް ގެންނަ ބަދަލުތައް ވަރަށް އަވަހަށް އާންމު ކުރާނެއެވެ.

comment ކޮމެންޓް