ދޫނިދޫ ކައިރިން ދެ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ދޫނިދޫ ކައިރިން ދެ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަނީ --- ފޮޓޯ/ އެމްއެންޑީއެފް

ކ. ދޫނިދޫ ހުޅަނގު ފަރާތުން ދެ ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެގެން އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ކޯސްޓް ގާޑަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 7:00 ހާއިރު ކަމަށެވެ.

ދޫނިދޫ ކައިރިން ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު ދޯންޏެއް --- ފޮޓޯ/ އެމްއެންޑީއެފް

އަދި ކޯސްޓްގާޑު ހާބަރ ކުރާފްޓުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 28 މީހަކު މިހާރު، މާލެ ގެނެސްފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި 26 ފިރިހެނުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުމަތިން އެކްސިޑެންޓު ވެފައިވަނީ ވިލާ ކުންފުނީގެ ދޯންޏަކާއި ބަޑޮސް އައިލެންޑް ރިސޯޓުގެ ދޯންޏެކެވެ. އަދި އެކްސިޑެންޓުގައި ދެ ދޯނީގެ ކުރިއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

comment ކޮމެންޓް