އުމްރާއަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއެކު 15 ކުންފުންޏަކަށް ހުއްދަދީފި

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ފުރަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މި އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއެކު އިތުރު 15 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން މިއަދު ހުއްދަދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ގެންދަނީ އެ އަހަރެއްގައި ރާއްޖެ އިން އުމްރާއަށް ގެންދަން ބޭނުންވާ ކުންފުނިތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމުންނެވެ.

އެގޮތުން މިއަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި 19 ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހެޅި އެވެ.

އެގޮތުން މިއަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކަކީ:

  1. މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް
  2. އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  3. ޒައީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް
  4. ތައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް
  5. އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
  6. އަލްއައިން ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް
  7. މުސާފިރީން ޕްރައިވެޓް ލިމިޓެޑް
  8. ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް
  9. ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  10. އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  11. ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް
  12. ދަރުމަ ލިލްހައްޖި ވަލްއުމުރަތި ޕްރައިވެޓް ލިމިޓެޑް
  13. ނަވާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް
  14. ނިމްސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  15. ހިޖާޒް ޕްރައިވެޓް ލިމިޓެޑް ޕްރައިވެޓް ލިމިޓެޑް
  16. އެކްރޯ ޕްރައިވެޓް ލިމިޓެޑް ޕްރައިވެޓް ލިމިޓެޑް

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން 'ސަން' އަށް ވިދާޅުވީ ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަކަށް އެކަމުގެ ހުއްދަ ނުދިނީ، ކަނޑައަޅާފައިވާ ޝަރުތު ހަމަނުވެގެން ކަމަށެވެ.

އަދި އަނެއް ދެ ކުންފުންޏަށް ހުއްދަ ނުދިނީ އެ ކުންފުނިތަކުގެ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަމުންދާތީ ކަމަށާއި އެ ދެ ކުންފުންޏަށް ހުއްދަ ދިނުމާއި ނުދިނުން ނިންމާނީ މައްސަލަ ނިމުމުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ހުއްދަ ދިން ކުންފުނިތަކަށް ދިން ހުއްދައިގެ ދަށުން މީހުން އުމްރާއަށް ގެންދެވޭނީ އަންނަ އަހަރުގެ ޖަނަވަރީ 24 ވަނަ ދުވަހާ ހަމައަށެވެ.

އަހުސަން ވިދާޅުވީ، އުމްރާއަށް ދާން ކުންފުންޏަކަށް ފައިދާ ދެއްކުމުގެ ކުރިން މިނިސްޓްރީން ހުއްދަ ދީފައި އޮތް ކުންފުންޏެއްތޯ ޔަގީން ކުރަން މިނިސްޓްރީން އިލްތިމާސް ކުރާ ކަމަށެވެ.

comment ކޮމެންޓް