އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އެމްއައިޓީޑީސީގެ އެމްޑީ ޝާހިދު ހަމަޖައްސައިފި

އެޗްޑީސީގެ ޗެއާމަންކަމަށް އައްޔަނުކުރި މުހައްމަދު ޝާހިދު (ވ) -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޝާހިދު ހަަމަޖައްސައިފިއެވެ.

ޝާހިދު އެ މަގާމަަށް އިއްޔެ ހަމަޖެއްސެވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަންގެ ރައީސް މުހައްމަދު ނިޒާރު ވަނީ "ސަން" އަށް ޔަގީން ކޮށްދެއްވައިފައެވެ.

ޝާހިދު އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސެވިއިރު، އޭނާ މިހާރުވެސް ދަނީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދަކުރައްވަމުންނެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޝާހިދު އައްޔަނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި ފުއާދު ގާސިމް މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކުރުމަށްފަހުއެވެ.

comment ކޮމެންޓް