ހުޅުމާލޭ ފްލެޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުގައި

ހުޅުމާލޭ ފްލެޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުގައި ފަށައިފި --

އަލަށް، ހުޅުމާލޭގެ ފްލެޓްތަކަށް ބަދަލުވާ މީހުންނަށް ހާއްސަކޮށްގެން ހާއްސަ އަގުތަކެއްގައި ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން ބަދިގެ ސާމާނު ހިލޭ ގެންގޮސްދޭ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ހާއްސަ އަގުތަކެއްގައި ހިލޭ ގެންގޮސްދިނުމުގެ އެ ޕްރޮމޯޝަން ކުރިއަށްދާނީ މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެސްޓީއޯއިން ބުނީ، ބަދިގެ ސާމާނުގެ ތެރޭގައި ހިޓާޗީ ފްރިިޖް، މެޝިން، މީގެ އިތުރުން ފިލިޕްސްގެ ބަދިގެ ސާމާނު ޓެކްނޯ ބްރޭންޑްގެ އުނދުން، އަވަން އަދި ހުޑް އަދި ގޭތެރެއަށް ބޭނުންވާ ފިލިޕްސް، ހިޓާޗީގެ ޓީވީ، އޭސީ އަދި އިތުރު ސާމާނުތައް ވަރަށް ޙާއްސަ އަގުތަކެއްގައި މިހާރު ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ކަމަކީ ފްރިޖް ގަތުމުން ހުރިހާ ސާމާނު ހުޅުމާލޭގެ ގެއަށް ހިލޭ ގެންގޮސްދިނުމުގެ ހިދުމަތް ލިބިގެންދާނެތީ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން މިހާރުވެސް މާލޭގެ ކޮންމެ ތަނަކަށްވެސް ފްރިޖް ގެންގޮސްދެނީ މުޅިން ހިލޭ އެވެ.

އެ ޕްރޮމޯޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސްޓީއޯގެ ކޯލް ސެންޓަރުގެ ނަންބަރު 3344333 ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ވައިބަރ ހޮޓްލައިން 7431007 އަށް މެސްޖް ކުރުމުން މަޢުލޫމާތުު ލިބޭނެ ކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން މަޢުލޫމާތު ދެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ވިއްކާ ހުރިހާ ބްރޭންޑަކަށްވެސް އަންނަނީ 6 މަސް ދުވަހުން ފެށިގެން ވޮރަންޓީވެސް ދެމުންނެވެ.

އެސްޓީއޯއަކީ ޕިލިޕްސް، ހިޓާޗީ، މަކިޓާ، ނިޕޯންގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އަދި މިދިޔަ އަހަރު ޓެކްނޯ އަދި ކޯނޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަމަށްވެސް އެސްޓީއޯ ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް