އިންސްޓަގްރާމް ސްޓޯރީއަށް މިހާރު ''ޖިފްސް'' ވެސް ލެވޭނެ

އިންސްޓަގްރާމް އެޕްލިކޭޝަން ----

އިންސްޓަގްރާމް ސްޓޯރީގައި ޖިފް ހިމަނަން އުޅޭކަމަށް ވާހަކަ ދެކެވޭތާ ލައްކަ ދުވަސްވެއްޖެއެވެ. އެންމެ ފަހުން އެ އެޕްލިކޭޝަނުން ވަނީ ޖިފް ފީޗާ ސްޓޯރީއަށް ލެވޭ ގޮތް ހަދަން ނިންމައިފައެވެ.

އިންސްޓަގްރާމް ސްޓޯރީއަށް ޖިފްސް އެޑްކުރަން ބޭނުން ފަރާތްތަކުން އިސްޓަގްރާމް ސްޓޯރީ އެޑް ކުރާ ފީޗާއަށް ގޮސް، ޖިފް އޮޕްޝަން ސެލެކްޓްކުރާށެވެ. ޖިފް ކަލެކްޝަން ފެންނާނެއެވެ. ބޭނުން ޖިފެއް ޕޯސްޓްކޮށްލަންވީއެވެ.

އިންސްޓަގްރާމަށް ގެންނަން އުޅޭ އަނެއް ބަދަލަކީ ކޮންމެ ސައިޒެއްގެ ފޮޓޯއެއް ނޫނީ ވީޑިއޯ އެއްވެސް އިންސްޓަގްރާސް ސްޓޯރީއަށް ލެވޭގޮތަށް ގެންނަން އުޅޭ ބަދަލެވެ. މިހާރު ސްޓޯރީށް ލެވެނީ 9:16 ޕޯޓްރެއިޓް ފޮޓޯ ނޫނީ ވީޑިއޯ އެވެ.

މިި އޮޕްޝަން ލިބުމާއެކު ފޮޓޯ ކްރޮޕްވެފައި އިނަސް، އަލުން އޭގެ އަސްލު ސައިޒަށް ބަދަލުކޮށްލެވޭނެއެވެ.

އިންސްޓަގްރާމުން ބުނީ ޖިފް ފީޗާ ވާޝަން 29 އިން މިހާރު ލިބޭނެ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާ ތެރޭ ފޮޓޯ ފީޗާ ލިބޭނެ ކަމަށްވެސް އިންސްޓަގްރާމުން ބުނެއެވެ.

comment ކޮމެންޓް