ޓެލެޓަބީސްގެ "ޓިންކީ ވިންކީ" މަރުވެއްޖެ

ނަވާރަސަތޭކައިގެ ފަހުކޮޅު ދެއްކި ކުޑަކުދިންގެ ޓީވީ ސީރީޒް ޓެލިޓަބީސްގައި "ޓިންކީ ވިންކީ"ގެ ރޯލު ކުޅުނު ސައިމަން (ބާންސް) ޝެލްޓަން 52، މަރުވެއްޖެއެވެ.

ޓިންކީ ވިންކީ އަކީ ޓެލިޓަބީސްގައި އުޅޭ ހަތަރު ކެރެކްޓާގެ ތެރެއިން އެންމެ ދޮށީ "ޓަބީ" އެވެ. ޓިންކީ ވިންކީ ހުންނަނީ ދަނބު ކުލައިގައެވެ.

ސައިމަން (ބާންސް) ޝެލްޓަން---

ޓިންކީ ވިންކީގެ ރޯލުކުޅުނު ތަރި މަރުވީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ސައިމަންގެ ދަރިފުޅު ހެންރީ ޝެލްޓަން ވަނީ ބައްޕަ މަރުވިކަން މީޑިއާ އަށް ޔަގީންކޮށްދީފައެވެ. ސައިމަން އަކީ ބެލޭ ޓްރެއިންޓް ކޮރިއޮގްރާފަރެއްވެސް މެއެވެ.

ޓެލެޓަބީސްގައި ސައިމަން އާއެކު ފެނުނު އިތުރު ތަރިން އަންނަނީ ސައިމަންގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ މެދުގައި މަގުބޫލުވި ޓެލިޓަބީސްގައި ހަތަރު ކެރެކްޓަރުން ފެނުނެވެ. އެއީ ޓިންކީ ވިންކީ، ޑިޕްސީ ލާލާ އަދި ޕޯ އެވެ. 120 ގައުމުގައި 45 ބަހަކުން ޓެލިޓަބީސް ގެނެސްދީފައިވެއެވެ. 2001 ވަނަ އަހަރާއި ހަމައަށް މި ސީރީޒް ގެނެސްދިން އިރު މިއީ މިއަދުވެސް ކުދިންގެ މެދުގައި މަގުބޫލު ސީރީޒެކެވެ.

comment ކޮމެންޓް