ހަންގަނޑަށް ވިޓަމިން ސީ ބޭނުންވަނީ ކީއްވެ؟

ރޯގާޖެހި ބަލިވިޔަސް ޑޮކްޓަރުން ދޭ އެއް ބޭހަކީ ވިޓަމިން ސީ އެވެ. ހަންގަނޑަށް ބޭނުންކުރާ ކޮސްމެޓިކްސް ތަކުގެ ބޭރު ލޭބަލްގައި އެންމެ ބޮޑުކޮށް ލިޔެފައި އޮންނާނީ "ވިޓަމިން-ސީ" އެކުލެވޭ ކަމަށެވެ.

ހަންގަނޑަށް ވިޓަމިން ސީ ބޭނުންވަނީ ކީއްވެހެއްޔެވެ؟ އޭގެ ފަައިދާ ތަކަކީ ކޮބައިހެއްޔެވެ؟

އުޅޭ މާހައުލުން ހަންގަނޑަށް ލިބޭ ކުދި ގެއްލުމުން ސަލާމަތްވުމަށްވެސް އެންމެެ ބޭނުންވަނީ ވިޓަމިން ސީ އެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑަށް އަންނަ ބަދަލުތަކަށް އެންމެ ބޭނުން ފަރުވާއަކީވެސް ވިޓަމިން ސީ އެވެ.

ހެނދުނު ވަގުތު މޫނުގައި އުނގުޅާ ކްރީމް ތަކަކީ ވިޓަމިން ސީ އެކުލެވޭ އެއްޗެއްސަށް ހަދާށެވެ. ރޭގަނޑު ނިދުމުގެ ކުރިންވެސް މޫނުގައި އެއްޗެއް އުނގުޅާނަމަ ވިޓަމިން ސީ އެކުލެވޭ އެއްޗެއް އުނގުޅާށެވެ.

އޮރެންޖް ފަދަ ވިޓަމިން ސީ އެކުލެވޭ ކާނާ ބޭނުންކުރުންވެސް މުހިއްމެވެ.

މިޓަމިން ސީ އަކީ ހަންގަނޑު އުޖާލާކޮށް، އޮމާންކޮށްދޭނެ އެއްޗެކެވެ.

comment ކޮމެންޓް