އަލަސްކާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު

ބިންހެލުން އައި ސަރަހައްދު --

ވޮޝިންޓަން (ޖެނުއަރީ 23): އެމެރިކާގެ އަލަސްކާ ކައިރިއަށް އައި 7.9 މެގްނިޓިއުޑުގެ ބިންހެލުމަކާ އެކު އެސަރަހައްދަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެބިންހެލުން އައިސްފައި ވަނީ އަލަސްކާގެ ކޮޑިއަކް ސިޓީއާ 175 މޭލު އިރު ދެކުނުން، 12 މޭލު އަޑިންނެވެ.

އެބިންހެލުމާ އެކު އެމެރިކާގެ ނެޝަނަލް ވެދާ ސާވިސެސް އިން ވަނީ އަލަސްކާ އާއި ބްރިޓިޝް ކޮލަމްބިއާގެ އައްސޭރި ފަށަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފައިއެވެ. އަދި ފަހުން ވަނީ ވޮޝިންޓަން، އޮރެގަން އަދި ހަވާއީގެ ރައްޔިތުންވެސް ސުނާމީއެއް އަރާފާނެތީ ރައްކާވެ ތިބުމަށް އަންގާފައެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ހަވާއީ އޮތީ ބިންހެލުން އައި ސަރަހައްދާ ދުރުގައި ނަމަވެސް ސުނާމީއެއް އަރައިފި ނަމަ އެރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް