ލޯރިއާލްގެ ކެމްޕޭނުގައި ބުރުގާ އެޅި އަމީނާ، ކެމްޕޭން ހުއްޓާލައިފި

އަމީނާ ހާން----

އިސްތަށިގަނޑަށް ބޭނުންވާ އުފެއްދުންތަކުގެ ބާޒާރުގައި މަގުބޫލު ބްރޭންޑް ލޯރިއާލް ޕެރިސްގެ ހެއާކެއާ ކެމްޕޭނުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އިނގިރޭސިވިލާތުގެ ބިއުޓީ ބްލޮގަރު އަމީނާ ޚާން ކެމްޕޭން ކުރުން ހުއްޓާލައިފިއެވެ.

އަމީނާ ކެމްޕޭން ހުއްޓާލީ 2014 ވަނަ އަހަރު ގާޒާގައި އިސްރާއީލުން ހިންގި ހަނގުރާމައާ ގުޅިގެން، އިސްރާއީލަށް ފާޑު ކިޔައި ކޮށްފައިވާ ޓްވީޓުތަކެއް ބަޔަކު ފެންމަތި ކުރުމާ ގުޅިގެންނެވެ.

ކެމްޕޭން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކުރަމުން، އަމީނާ އިންސްޓަގްރާމްގައި ބުނީ 2014 ވަނަ އަހަރު އޭނާ ކުރި ޓްވީޓުތަކާ މެދު ލަދުވެތިވާ ކަމަށާއި އެކަމާ މިހާރު ދެރަވާ ވާކަމަށެވެ.

"ކެމްޕެއިން ކުރުމަކީ އަހަރެންގެ ޕެޝަނެއް. ވަރަށް ކުރާ ހިތުން ކުރާ ކަމެއް. އަހަރެން ބައިވެރިވި ކެމްޕެއިނަކީ ވަރަށް ކާމިޔާބު ކެމްޕޭނެއް. އެ ކެމްޕޭނުގެ ސަބަބުން އަހަރެން މަގްބޫލް ވެސް ވި. ކުރިން ކުރި ޓްވީތްތައް މިހާރު އަހަރެން ޑިލީޓު ކޮށްފިން. އެއީ މިހާރު އަހަރެން ގަބޫކު ކުރާ ވާހަކަތަކެއް ނޫން. ރިގްރެޓް އާ އެކީ އަހަރެން ކެމްޕެއިން ކުރުން ހުއްޓާލީ،" އޭނާ ބުންޏެވެ.

އަމީނާ އިންޓަގްރާމް ކުރި މެސެޖް--

އަމީނާ އިތުރަށް ބުނީ އެ ޓްވީޓް ތަކުގެ ސަބަބުން މީހުންގެ ފާޑު ކިޔުންތައް ލިބިފައިވާ ކަމަށާއި ކުރެވުނު ޓްވީޓްތަކަކީ ކޮމްޕެނީގެ މޮޓޯ އާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

އަމީނާ ކެމްޕޭނު ކުރުން ހުއްޓާލުމާ ގުޅިގެން ލޯރިއާލް ޕެރިސް ކުންފުނިން ބުނީ އަމީނާ ކުރި ޓްވީޓް މެސެޖުތައް ދާދި ފަހުން ފެނުނުކަމަށާއި އެ ޓްވީޓްތައް ކުރުމުން އޭނާ ފަހުން އެކަމަށް މައާފަށް އެދުމުން އެކަން ބަލައިގަންނަ ކަމަށެވެ. އަދި އޭނާ އެ ނިންމި ނިންމުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި އެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ.

އަމީނާ ބުނީ އޭނާއަށް އެ އިސްތިހާރުން ފުރުސަތު ލިބުމަކީ "ބުރުގާއަޅާ މުސްލިމުންނަށް" ވެސް ލިބުނު ފަހުރެއް ކަމަށެވެ. ބުރުގާ އަޅައިގެން ތިބޭ މީހުންނަށް ހެއާކެއަރ އިސްތިހާރުތަކުން ފުރުސަތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަމީނާ އަކީ ބިއުޓީ ބްލޮޮގަރެއްގެ އިތުރުން ޔޫޓިއުބުގައި ވެސް މަޝްހޫރު މޫނެކެވެ. އޭނާގެ އަމިއްލަ ބިއުޓީ ބްރޭންޑެއްވެސް އޮވެއެވެ.

comment ކޮމެންޓް