އަލިފުށީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރ. އަލިފުށި: އެރަށުން މަރުވެފައި އޮތް ބިދޭސީއަކު ވަނީ ފެނިފަ ----

ރ. އަލިފުށީގައި ފައިބަރުގެ މަސައްކަތް ކުރާ ބަނގުލަދޭޝްގެ ރައްޔިތަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ރިޒާ 'ސަން' އަށް ވިދާޅުވީ، އެ މީހާ މަރުވެފައި އޮއްވާ ފެނުނީ، ނިދާ ނުހޭލައިގެން ގޮވަން ދިއުމުން ކަމަށާއި އޭނާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

ރިޒާ ވިދާޅުވީ، ބިދޭސީ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ކަހަލަ ޒަހަމެއް ފެންނާކަށް ނެތް ކަމަށާއި ބެލެވޭ ގޮތުގައި އޭނާ މަރުވެފައިވަނީ ކުއްލި މަރަކުން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އެ ރަށު ސިއްހީ މަރުކަޒުން ބެލުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ހިނަވާގޭގައި ބާއްވާފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

"މަރުވި ބިދޭސީ މީހާ ވެސް ނިދާނީ އިތުރު ބިދޭސީން ތަކަކާއި އެކު. އެ މީހުން ބުނާގޮތުން ރޭ ނިދަން އޮށޯންނަމުން ވެސް ބިދޭސީ މީހާ ބުނިކަމަށްވަނީ ފަތިހު ގޮވައްޗޭ ތިމަންނާއޭ މާދަމާ ހެނދުނު ސައި ހަދާނީ،" ރިޒާ ވިދާޅުވިއެވެ.

އަލިފުށީގައި މަރުވެފައި އޮތް ބިދޭސީއަކު ފެނުނުކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 47 އަހަރުގެ ބަންގުލަދޭޝް ރައްޔިތަކު މަރުވެފައިވާ ކަމަށް ބުނެ ހެނދުނު 6:00 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް