އާޒިމް، ޝިފާޒު، ނިޔާޒު އަދި ހަސަންޓޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ

މުހައްމަދު ޝިފާޒު، އަލީ ނިޔާޒު، ހަސަންޓޭ، އަލީ އާޒިމް --- ސަން ފައިލް ފޮޓޯ

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން އެއްވުން މަނާ ސަރަހައްދަކަށް އެއްވި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އިސް ހަތަރު ބޭފުޅަކު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

އެބޭފުޅުންނަކީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒުގެ އިތުރުން ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

އެބޭފުޅުންގެ ތެރެއިން ޝިފާޒު ހާޒިރުވާން އެންގީ މާދަމާ ހަވީރު 5:00 އަށެވެ. އާޒިމް ހާޒިރުވާން އެންގީ މާދަމާ އިރުއޮއްސި 6:00 އަށެވެ. ހަސަންޓޭ ހާޒިރުކުރަނީ އިރުއޮއްސި 6:30 އަށެވެ. އަދި ނިޔާޒު ހާޒިރުކުރަނީ މާދަމާ ރޭ 10:00 އަށެވެ.

އެބޭފުޅުންނަށް ފުލުހުންެގެ އިދާރާ އިން ފޮނުވާފައިވާ ޗިޓްގައިވާގޮތުން ތުހުމަތުކުރެވޭ މައްސަލައަކީ މިދިޔަ ހުކުރު ދުވަހު އެއްވުން މަނާ ސަރަހައްދަކަށް އެއްވި މައްސަލައެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޮޑުތަކުރުފާނުމަގު އެމްޑީޕީ ހަރުގެ ކައިރީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ "ޓޫރިޒަމް ހަލާކުކޮށް މުދާ ފޭރުން" މި ނަމުގައި އެއްވުމެއް ބާއްވާފައެވެ.

އެ އެއްވުން ބާއްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުން އެރުމުން އެކަމާ ދެކޮޅު ހެދުމުގެގޮތުންނެވެ.

comment ކޮމެންޓް