ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ބައެއް ކްލިނިކްތަކަށް އަލުން ދީފި

ޖުމްހޫރީ މައިދާނުގައި ބިދޭސީންތަކެއް.ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ބައެއް ކްލިނިކްތަކަށް އަލުން ވަނީ ދީފައި-- ފޮޓޯ: އަފުރާހު މުހައްމަދު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެއްދުމުގެ ހުއްދަ އަލުން ބައެއް ކްލިނިކުތަކަށް ހެލްތު މިނިސްޓްރީން ދީފިއެވެ.

ބިދޭސީންގެ ވޯކްޕާމިޓް ޗެކްކުރުން އިތުރަށް ހަރުދަނާކުރުމަށް ކަމަށްބުނެ އިމިގްރޭޝަނުން ވަނީ އަމިއްލަ ކްލިިނިކްތަކުން ހައްދާ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެެއްދުން ހުއްޓައިލައިފައެވެ. އޭގެ ފަހުން މެޑިކަލް ޗެކަޕް ހެއްދުމުގެ ހުއްދަ ހަމައެކަނި ދީފައިވަނީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އޭޑީކޭއާއި ރަށްރަށުގައި ހިންގަމުންދާ ސަރުކާރު ހޮސްޕިޓަލުތަކަށް އެކަންޏެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ މެޑިކަލް ޗެކަޕް ހެދުމުގެ ހުއްދަ 10 ކްލިނިކަކަށް އަލުން ދިންކަން އިއުލާންކޮށްފައެވެ.

އަލުން ހުއްދަދިން ކްލިނިކްތައް

1- އައިއެމްޑީސީ

2- ޕާލް މެޑިކަލް ސެންޓަރު

3- އެއިމްސް ޑައިގްނޯސްޓިކް ކެއާ

4- އީވް ކްލިނިކް

5- ސެންޓްރަލް ކްލިނިކް

6- އެޑްވާންސް ކްލިނިކް

7- އޭއެމްޑީސީ

8- ކްރިސްޓަލް މެޑިކަލްސް

9- ފަރުވާ ކްލިނިކް

10- އޮސް މެޑިކަލް ސެންޓަ

ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ އިމިގްރޭޝަނުން ވަނީ މެޑިކެއާ ހޮސްޕިޓަލާއި އަދި ޓްރީޓޮޕް ހޮސްޕިޓަލަށް ވެސް ދީފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ކްލިނިކް ތަކަށް އަލުން ބިދޭސީންގެ މެޑިކަލް ހެދުމުގެ ހުއްދަ ދިނީ މިނިސްޓްރީން ބަލަންޖެހޭ މިންގަނޑުތައް ބެލުމަށްފަހު އެ މިންގަނޑުތަކަށް ފެތޭ ކްލިނިކްތަކަށެވެ.

މީގެ ކުރިން މިނިސްޓްރީން ވަނީ ބައެއް ކްލިނިކްތަކުން ހައްދާ މެޑިކަލް ޗެކަޕްތަކުގައި މައްސަލަތައް އުޅޭކަމަށް ބުނެ ކްލިނިކްތަކުން ހަދަމުންދިޔަ ރިޕޯޓުތައް ބަލައިގަތުން ހުއްޓައިލައިފައެވެ.

comment ކޮމެންޓް