ޕީއެސްޖީގެ ލޯ ގާޑިއޯލާއަށް

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ -- ފޮޓޯ: ގެޓީ

ފްރާންސްގެ މުއްސަނދި ކްލަބު، ޕީއެސްޖީގެ ކޯޗުގެ މަގާމަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގެންދަން އުޅޭ ކަމުގެ ރިޕޯޓުތަކެއް ފެތުރިއްޖެއެވެ.

އިނގިރޭސި ލީގު ލީޑަރު މެންސިޓީއާއެކު ގާޑިއޯލާ ވެފައިވާ އެއްބަސްވުމުގައި ބާކީ މިހާރު އޮތީ 16 މަސް ދުވަހެވެ. ކޮންޓްރެކްޓް މުއްދަތުގައި ގާޑިއޯލާއަށް އަހަރަކު 15 މިލިއަން ޕައުންޑް ލިބޭއިރު، ޔޫއޭއީގެ އިއްތިހާދު ގްރޫޕަށް ނިސްބަތްވާ ކްލަބުން ވަނީ ގާޑިއޯލާގެ ފީ އަދިވެސް އިތުރުކުރާނޭ ކަމަށް ބުނެފައެވެ.

ޕީއެސްޖީން ބުނެފައި ވަނީ، މެންޗެސްޓާ ސިޓީން ގާޑިއޮލާއަށް ދޭ ފީއަށްވުރެ އެތައް ގުނަ ބޮޑު މުސާރައަކާއެކު ގާޑިއޮލާއާއި އޭނާގެ އާއިލާއަށް ފްރާންސުން އާ ފުރުސަތުތަކެއް ހޯދައިދޭނޭ ކަމަށެވެ. އެހެންނަމަވެސް ސިޓީއާ ކުރިމަތިލުމަކީ އެހާ ފަސޭހައިން ނިންމާލެވޭނޭ ކަމެއް ނޫންކަންވެސް ޕީއެސްޖީން ގަބޫލުކުރެއެވެ.

ގާޑިއޯލާ ގެނައުމަށް ޕީއެސްޖީއަށް އެންމެ ބޮޑު ހިތްވަރެއް ލިބިފައި ވަނީ، އޭނާ ކުރިން ހަދާފައިވާ އެއްބަސްވުން ތަކުގެ ސަބަބުންނެވެ. މީގެ ކުރީން ބާސެލޯނާ އަދި ބަޔާން މިއުނިކަށް ވެސް ކޯޗު ކޮށްދިން ގާޑިއޮލާ ވަނީ، އޭނާ ކޮންޓްރެކްޓް އާކުރާން ބޭނުން ނުވާ ކަމަށާއި އަބަދުވެސް އާ ޗެލެންޖުތަކާ ކުރިމަތިލާން ބޭނުންވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް