Sun Online
މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ ރެފިޔުޖީންތަކެއް --- ފޮޓޯ/ އޭޕީ
މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ ރެފިޔުޖީންތަކެއް --- ފޮޓޯ/ އޭޕީ

ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމާ ދެކޮޅަށް މުޒާހަރާކޮށްފި

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

ޑާކާ (20 ޖެނުއަރީ): މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަނގުލަދޭޝަށް އެތެރެވި ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމާ ދެކޮޅަށް އެތަކެއް ހާސް ރޮހިންގާ މުސްލިމުން އިއްޔެ މުޒާހަރާ ކޮށްފިއެވެ.

ރޮހިންގާ ރެފިޔުޖީން ވަނީ އެމީހުން އަނބުރާ ގައުމަށް ގެންދިޔުމުގެ ކުރިން އެމީހުންނަށް އެގައުމުގައި ރައްކާތެރިކަން ކަށަވަރުކޮށް އަދި ރައްޔިތުންކަން ދިނުމަށް މުޒާހަރާތަކުގައި ގޮވައިލައިފައެވެ.

" އަހަރުމެން ބޭނުންވަނީ އަނބުރާ މިޔަންމާއަށް ދިޔުމުގެ ކުރިން ރައްކާތެރި ސަރަަހްދުތަކެއް މިޔަންމާގެ ރާކިން ސްޓޭޓްގައި ގާއިމްކުރަން. އަހަރުމެން ބޭނުންވަނީ އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަން،" ރޮހިންގާ ރެފިޔުޖީއަކު އޭއެފްޕީއަށް ކިޔައިދިނެވެ.

މިޔަންމާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނުގައި ވަނީ ރޮހިންގާ މުސްލިމުން ރޭޕްކޮށް، މަރައި އެމީހުންގެ ގެދޮރުތަކުގައި ހުޅުޖަހައިފައެވެ.

ރޮހިންގާ ރެފިޔުޖީން މުޒާހަރާކޮށްފައިވަނީ އދ.އިން މިޔަންމާއަށް ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު ޔަންގީ ލީ ރޮހިންގާ މީހުން ބަނގުލަދޭޝްގައި ތިބޭ ރެފިޔުޖީ ކޭމްޕްތަކަށް ކުރެއްވި ޒިޔާރަތާ ދިމާކޮށެެވެ.

ބަނގުލަދޭޝުން ވަނީ ރޮހިންގާގެ 750،000 މީހުން އަނބުރާ މިޔަންމާއަށް ގެންދިޔުމަށް މިޔަންމާ ސަރުކާރާއެކު އެއްބަސްވެފައެވެ.

އދ. އިން ބުނީ ރޮހިންގާ މުސްލިމުން ގަދަކަމުން އަނބުރާ މިޔަންމާއަށް ނުގެންދެވޭނެ ކަމަށެވެ.

.

މަސްދަރު: ޗެނަލްނިއުސް އޭޝިއާ

infinity loading...
×
DB released 01.