މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

ހުސައިން ސާލިމް މުހައްމަދު

އެޑްރެސް: ދަފްތަރު 7483، މާލެ

ކުރިމަތިލާ ދާއިރާ: ހޮޅުދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 3

ޤާބިލިއްޔަތު

ސާލިމްއަކީ މުރާލި، ހިންގުންތެރި ލީޑަރެކެވެ. އަމާޒަކަށް ވާސިލުވުމަށްޓަކައި ގިނަ ބަޔަކު ގޮވައިގެން އެކުގައި މަސައްކަތްކުރުމުގައި ސާލިމްއަކީ ލާމަސީލު މިސާލެކެވެ. އެންމެންނާވެސް ގުޅޭ، އެކުވެރި އަދި ހިތްހެޔޮ މިޒާޖެއްގެ ސާލިމްއަކީ ފުޅާކޮށް ދުރުވިސްނޭ ޕްލޭނަރެކެވެ.

ކުރިމަތިލަނީ ކީއްވެ؟

ހުސައިން ސާލިމް މުހައްމަދަކީ ވޭތުވެދިޔަ މާޒީގައި ނ. އަތޮޅުގެ ރައްޔިތުންނާއި، ޚާއްސަގޮތެއްގައި، ހޮޅުދޫ ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުންގެ ވިންދު އަދި ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން އިޚްލާސްތެރިކަމާއިއެކު ސަރުކާރުގެ ތެރެއިންނާއި، އަމިއްލަފުޅު ހައިސިއްޔަތުން، ކޮށްދެއްވުމަކީ އެބޭފުޅާގެ އަމާޒެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައި މިހާރުވެސް ހުންނެވި ހުސައިން ސާލިމް މުޙައްމަދަކީ ވޭތުވެދިޔަ ސަރުކާރުގައި އެމްޓީސީސީގެ ޗެއާމަން އަދި އެސްޓިއޯގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ހިނިތުންވުމާއެކު ކޮންމެ ރައްޔިތަކާއި މުއާމަލާތްކުރައްވާ، އަނެކުންގެ އިޚްސާސްތަކަށް އިޚްތިރާމް ކުރައްވާ ޚުލުގުހެޔޮ ބޭފުޅެކެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ކޮށްދެއްވުމުގެ އިތުރުން، އަމިއްލަ ހައިސިއްޔަތުން ކޮށްދެއްވާފައިވާ ނަމޫނާ ޝަޚުސިއްޔަތެކެވެ. ފާހަގަކޮށްލެވޭ އެކުވެރި ތައުލީމީ ފަންނުވެރިއެކެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ރައްޔިތު މީހާ ބޭނުންވާ ތަރައްޤީގެ އެންމެހާ މަޝްރޫޢުތައް ސަރުކާރުގެ ތެރެއިން ކަށަވަރު ކޮށްދެއްވުމަކީ ހުސައިން ސާލިމް މުހައްމަދު އެންމެ އިސްކަންދެއްވާނެ އެއްކަމެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ޤާނޫނުތައް ލަސްނުވެ، ރައްޔިތުންނާއި ހިސާބަށް ގެނެސްދެއްވުމެވެ. އަދި އަމިއްލަފުޅު ހައިސިއްޔަތުން ރައްޔިތުން ބޭނުންވާ އަސާސީ ހައްްޤުތަކާއި ތަރައްޤީގެ މަޝްރޫޢުތަކުގައި އެހީތެރިވުމެވެ. މީގެ އިތުރުން އެއްވެސް ރައްޔިތެއް ބާކީނުވާގޮތަށް ތަޢުލީމާއި ސިއްހަތު، އިޖްތިމާޢީ ދުޅަހެޔޮކަން، އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން، ރައްކާތެރި މާހައުލެއް ގާއިމްކޮށްދެއްވުން ހިމެނެއެވެ. ހާއްސަގޮތެއްގައި ދާއިރާގެ ތަޢުލީމު އާ ހަރުފަތަކަށް ގެންގޮސްދެއްވުމާއި، ދާއިރާގައި ތިބެގެން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.