މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އަބްދުﷲ ޖާބިރު

އެޑްރެސް: ހ. ތިމާވެށި، މާލެ

ކުރިމަތިލާ ދާއިރާ: ކާށިދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 3

ޤާބިލިއްޔަތު

ޖާބިރަކީ ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅަދާނަ ބޭފުޅެކެވެ. މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލުކުރެއްވި ޖާބިރަކީ މަޖިލީހުގެ މަސައްކަތްތަކަށް ފަރިތަ ބޭފުޅެކެވެ. ވާހަކަ ދައްކައިގެން ކަންތައް ނިންމުމުގެ ހުނަރާއި ސިޔާސީ މަސައްކަތަށް ހުންނަ ޝައުގުވެރިކަމަކީ މި ގޮނޑިއަށް ޖާބިރު ގާބިުްކަން އަންގައިދޭ ކަމެކެވެ.

ކުރިމަތިލަނީ ކީއްވެ؟

ޖާބިރު ކާށިދޫ ދާއިރާއަށް ކުރިމަތިލަނީ އެ ދާއިރާގެ ތަރައްގީއަށް އެޖެންޑާއެއް ހިފައިގެންނެވެ. އެ ދާއިރާގައި ހިމެނޭ ކާށިދޫއާއި ގާފަރުގައި އިގްތިސާދީ މަސައްކަތްތައް އިތުރުކޮށް، ޒުވާނުންނަށް ރަށުގައި ތިބެގެން މަސައްކަތް ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޖާބިރު ބޭނުންފުޅުވެއެވެ. ކާށިދޫ ދާއިރާ ސިޓީއެއްގެ ފެންވަރަށް ތަރައްގީކުރުމަކީ ޖާބިރުގެ އެންމެ ބޮޑު އެއް ތަސައްވަރެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މިކަންތައް ފުރިހަމަކުރުމަށް ޖާބިރު ވަނީ ބިޔަ ޕްލޭނެއް ހައްދަވާފައެވެ. ޖާބިރުގެ ތަސައްވަރަކީ ދާއިރާގެ ރައްޔިތުން މާލެ ގޮސްގެން ކުރަންޖެހޭ ކަންތައް ރަމިއްލަ ދާއިރާގައި ތިބެގެން ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އިގްތިސާދީ ނާރެހަކަށް ކާށިދޫއައި ގާފަރު ބަދަލުކޮށްލުމެވެ.

ކެނޑިޑޭޓުގެ ޚުލާސާ

އަބްދުﷲ ޖާބިރަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ނަމެކެވެ. ޖާބިރަކީ ރާއްޖޭގެ އެކިއެކި ސިޔާސީ ޕާޓީތަކުގައި އުޅުއްވި، އަދި ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތެކެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީކަން ކުރައްވާ ޖާބިރަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާގެ ނަން ފަވާލެވެނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ މެމްބަރުކަމާއި، ކ. ކާށިދޫ ދާއިރާގެ މެމްބަރުކަން ޖާބިރު ކުރެއްވިއެވެ. މީގެ އިތުރުން ޖާބިރަކީ މީހުންނާ ގުޅޭ، އަދި ސިޔާސީ މަސްރަހުގައި މަގުބޫލު ޝަހުސިއްޔަތެކެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ކާށިދޫއާއި ގާފަރަށް ޖާބިރު އެކުލަވާލައްވާފައިވާ ބޮޑު ޕްލޭނުގެ ދަށުން އެންމެ މުހިންމު ކަމަކީ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމެވެ. އެގޮތުން، ރައްޔިތުން ބޭނުންވާ ކަންކަން ރަށުން ހަމަޖެއްސޭނެ ގޮތްތައް ފަހިކޮށްދީ، އެހެން ރަށްރަށުގެ މީހުންވެސް ހިޖުރަ ކުރާނެފަދަ ކުރިއަރާފައިވާ ސިޓީއަކަށް ކާށިދޫ ދާއިރާ ހެދުމެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާކޮށް، އާމްދަނީ ހޯދޭނެ ވަސީލަތްތައް ރަށުން ލިބޭނެ ގޮތް ހަދައިދިނުމަށް ޖާބިރު ވަނީ ރާއްވަވައިފައެވެ. އަދި ފަތުރުވެރިކަމުގެ މައި ހަބަކަށް ކާށިދޫ ދާއިރާ ހެދުމަށް ޖާބިރު ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ހަލާލް ޓޫރިޒަމްވެސް ހިމެނޭ ގޮތަށް އެ ދާއިރާގައި ޓޫރިޒަމް ތަރައްގީކޮށް، އަދި ދާއިރާގައި ރިސޯޓާއި ޕްރައިވެޓް އައިލެންޑް އެޅުމަކީ ކާށިދޫ ދާއިރާއަށް ޖާބިރު ގެންގުޅުއްވާ ބިޔަ ތަސައްވަރުގައި ހިމެނޭ މައިގަނޑު އެއް ކަންތަކެވެ.