ލަންދޫ ކައުންސިލަރެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ލަންދޫގައި އޮތް ދޯނިން ފެނުނު މަސްތުވާތަކެތި --- ފޮޓޯ/ ފުލުހުން

ނ. ލަންދޫ ކައުންސިލް މެންބަރަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

'ސަން' އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލާގައި ރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ލަންދޫ ކައުންސިލް މެންބަރެކެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ލަންދޫ ބަނދަރުގައި އޮތް ސަޕްލައި ދޯންޏެއްގެ ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 25 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި އެ ފޮށިގަނޑުގައި ވަނީ އެ ރަށުން ހައްޔަރުކުރި މީހާގެ ނަން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް