ކުޅުން ހުއްޓާލުމަށް ފަހު ފުޓުބޯޅައިގެ ތެރެއިން ނުފެނިދާނެ: މެސީ

ލިއޮނަލް މެސީ އޭނާގެ އާއިލާ އާ އެކު-- ފޮޓޯ: އޭޕީ

ފުޓްބޯޅަ ތާރީޚު ވެސް ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލޮއިނަލް މެސީ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ދުވަހަކީ އޭނާ އަށް ލޯބިކުރާ ގިނަ ބައެއްގެ ހިތްތަކަށް މާޔޫސްކަން ގެނުވާނެ ދުވަހެއްކަން ޔަގީނެވެ.

އުމުރުން 30 އަހަރުގެ މެސީ ވަނީ ފުޓުބޯޅައިގައި މަދު ކުޅުންތެރިޔަކަށް ނޫނީ ނުހޯދޭނެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ބާސާ އަށް މިހާތަނަށް 526 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން އޭނާ އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.

މެސީ އަށް ކިތަންމެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް އޭނާ ބުނީ ގޭތެރޭގައި ފުޓްބޯޅައިގެ ވާހަކަ ދައްކަނީ ވަރަށް މަދުން ކަމަށެވެ. ރަޝިއާގެ ނޫހެއް ކަމަށްވާ "ބިލިކް ސްޕޯޓަސް" އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ކުޅުން ހުއްޓާލުމަށްފަހު ފުޓުބޯޅަ ތެރެއިން ނުފެނުން ގާތް ކަމަށެވެ.

"އަހަރެން ކުޅުން ހުއްޓާލުމަށް ފަހު ކޯޗެއްގެ ސިފައިގައި ނުފެންނާނެ. އެކަމަކު އެކަން ބަދަލުކުރަން އަދި ވަރަށް ވަގުތު އެބައޮތް. ގޭތެރޭގައި ވެސް ފުޓްބޯޅަ ވާހަކަ ދައްކަނީ ވަރަށް މަދުން. އެ ވާހަކަ ފަށަން ޖެހޭނީ ބާސާ ނޫނީ އާޖެންޓީނާގެ ވާހަކަ ގެންގަން. އެހެން ނޫނީ އާއިލީ ނާސްތާ ތަކުގައި ވެސް ފުޓްބޯޅަ ވާހަކަ ވަރަށް މަދުން ނޫނީ ނުދައްކާނެ އެކަކު ވެސް،" މެސީ ބުންޏެވެ.

މެސީ ބުނީ އޭނާ އާއިލާ އާއެކު ހޭދަކުރާ ވަގުތު އެހެން މީހުންނެކޭ ވެސް އެގޮތަށް އާދައިގެ ގޮތަކަށް ހޭދަކުރަން ބޭނުންވާ ކަމަށެވެ. މެސީ އާއި އޭނާގެ އަނބިމީހާ އެންޓޮނެއްލާ އަށް މިހަތަނަށް ދެ ކުދިން ލިބިފައިވާއިރު، އިތުރު ކުއްޖަކަށް ބަނޑު ބޮޑު ކަމަށް މެސީ ވަނީ ދާދިފަހުން ބުނެފައެވެ.

comment ކޮމެންޓް