ކެޕްޓަން އިމްރާން ވެސް ނިއުގައި މަޑުކުރަން ނިންމައިފި

ނިއުގެ ކީޕަރު އިމްރާން މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަދި އެއް ނަމްބަރު ގޯލް ކީޕަރު އިމްރާން މުހައްމަދު އަންނަ އަހަރަށް ވެސް އެ ޓީމުގައި ކުޅެން ނިންމައި ކޮންޓްރެކްޓްއާ ކޮށްފި އެވެ.

މިހާރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ އިމްރާންގެ ކުރިން ނިއުގެ ދެ ވަނަ ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ އެ ޓީމުގެ އެއްބަސްވުން އާ ކޮށްފަ އެވެ. ފައިސަލް އަކީ ގައުމީ ޓީމުގެ މިހާރުގެ އެއް ވަނަ ކީޕަރެވެ.

އިމްރާން އާއި ފައިސަލްގެ އިތުރުން ޓީމުގެ ސްޕެއިންގެ ކުޅުންތެރިޔާ އަންހެލް ލުއިސް ރުއިޒް ޕަޒް (ކަންޑެލާ)، އަކްރަމް އަބްދުލް ގަނީ، އަހްމަދު އަބްދުﷲ (ލިލީ)، ރިލްވާން ވަހީދު، ހަސަން އަދުހަމް އަދި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. މީގެ އިތުރުން އުންމީދީ ފޯވަޑް އަލީ ފާސިރު (ސެންޓޭ) ވަނީ މިއަހަރު ކުރީ ކޮޅު ދިގު މުއްދަތަކަށް ނިއު އާ އެކު އެއްބަސްވުން އާ ކޮށްފަ އެވެ.

މިއީ އިމްރާން ނިއު އަށް ކުޅޭ ފަސް ވަނަ އަހަރެވެ. މެދުކެނޑުމަކަށް ފަހު މިއަހަރު އޭނާ އަލުން ނިއު އަށް އައީ ދެ އަހަރު މާޒިޔާއަށް ކުޅުމަށް ފަހު އެވެ.

comment ކޮމެންޓް