ޕޯސްޓް ޖަމިއްޔާގެ ކޮންފަރެންސް ފަށައިފި

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ބައިނަލްއަގްވާމީ ޕޯސްޓް ޖަމިއްޔާގެ ކޮމްފަރެންސް ފަށައިފިފިއެވެ.

ރާއްޖެ ހިމެނޭގޮތަށް 192 ގައުމެއް ހިމެނޭ "ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން" ތުރުކީގައި ކުރިއަށްދާއިރު ރާއްޖޭގެ ފަރާތުން ޕޯސްޓް ލިމިޓެޑްގެ ޗެއާމަން ހާލިދު އަބްދުﷲ އާއި އެމްޑީ އަހުމަދު ޝަފީގުގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު ބައިވެރިވެ ވަޑައިގަންނަވައެވެ.

އެ ބައްދަލުކުރެއްވުމުގައި 2020 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭން ފާސް ކުރަން ވަނީ ނިންމާފައެވެ. އެ ޕްލޭންގައި ޕޯސްޓުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމާއި ބެހޭ ލަނޑުދަޑިތައް ހިމެނެއެވެ.

އޭގެ އިތުރުން އެ ޖަމިއްޔާގެ އިދާރީ ހިންގުމަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް