އީދު ޗުއްޓީގައި އެމްސީބީން ޕްރީޕެއިޑް ކާޑު ލިބޭނެ ފަސޭހަ ގޮތެއް!

މޮރިޝަސް ކޮމާޝަލް ބެންކުން ޕްރީޕެއިޑް ކާޑު ލޯންޗުކުރަން މީގެ ކުރިން ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ކުރިޔަށް އޮތް ބޮޑު އީދު ޗުއްޓީއާ ދިމާކޮށް، މޮރިޝަން ކޮމާޝަލް ބޭންކުގެ ޕްރީޕެއިޑް ވިސާ ކާޑަށް ރުފިޔާ ދައްކައިގެން ކާޑު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފި އެވެ.

އެމްސީބީގެ ވިސާ ޕްރީޕެއިޑް ކާޑަކީ "ރީލޯޑް" ނުވަތަ ޓޮޕް އަޕް ކޮށްގެން ބޭނުންކުރެވޭ ކާޑެކެވެ. އެ ކާޑު، ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ބޭނުންކުރެވޭ އިރު ބޭނުން ވަރަކަށް ކާޑަށް ފައިސާ އަޅައިގެން ކޮންމެ ކަރަންސީއަކުން ވެސް ބޭނުން ކުރެވޭނެ އެވެ.

އެމްސީބީގެ މާކެޓިންގް އެންޑް މާޗަންޓް ސަޕޯޓް، ފާތިމަތު ޝާލީ "ސަން" އަށް ވިދާޅުވީ، މިއަދު އެމްސީބީއިން ފެށި ޕްރޮމޯޝަނަކީ، ރުފިޔާއިން ފައިސާ ދައްކައިގެން ކާޑަށް ޑޮލަރު ލިބޭ ގޮތަށް ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ.

އެގޮތުން، މި ހަފްތާގެ ނިޔަލަށް، އެމްސީބީން ޕްރީޕެއިޑް ކާޑު ގަންނަ ފުރަތަމަ 100 ކަސްޓަމަރުންނަށް، 500 ޑޮލަރަށް ވާ ވަރަށް ރުފިޔާ ދައްކައިގެން ކާޑުން ޑޮލަރު ލިބޭނެ ކަމަށް އެމްސީބީއިން ބުނެ އެވެ.

އަދި އެ ފުރަތަމަ 100 ކަސްޓަމަރުންނަށް ޚާއްސަ އިނާމެއް ވެސް ލިބޭނެ ކަމަށް އެމްސީބީން ބުނެ އެވެ.

ޕްރީޕެއިޑް ވިސާ ކާޑަކީ ޕްރީޕެއިޑް ކާޑެއް ކަމުން، އެއްވެސް އެއްޗަކާ އެ ކާޑު ލިންކު ކުރާކަށް ނުޖެހެ އެވެ. އެހެންކަމުން، އެ ކާޑު ގަންނަ ފަރާތެއްގެ އެކައުންޓެއް މޮރިޝަސް ކޮމާޝަލް ބޭންކުގައި ހުރުން ލާޒިމެއް ނޫނެވެ.

ޕްރީޕެއިޑް ވިސާ ކާޑު، ވިސާ ކާޑު ގަބޫލުކުރާ ދުނިޔޭގެ ކޮންމެ ތަނެއްގައި ބޭނުން ކުރެވޭނެ އެވެ. ދަތުރު ކުރާ އިރު ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ޕްރީޕެއިޑް ކާޑު ގެންގުޅެން ފަސޭހަ ވެފައި ރައްކާތެރިވާ އިރު، އޭގެ ބޭނުން ކޮށްގެން އޮންލައިން ޝޮޕިންގް ވެސް ކުރެވޭނެ އެވެ.

މޮރިޝަސް ކޮމާޝަލް ބޭންކަކީ 2008 ވަނަ އަހަރުގެ މެއި މަހު ރާއްޖޭގައި އޮޕަރޭޓު ކުރަން ފެށި ބޭންކެކެވެ.

comment ކޮމެންޓް