ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތަފާތުބާވަތްތަކުގެ މަޝްހޫރު ކާބޯތަކެތި އެތެރެކޮށް ވިއްކަމުން އަންނަ ޕިރަމިޑްގެ ޕްރޮމޯޝަން އެމްބެސެޑަރަކަށް ރާއްޖޭގެ ފިލްމީ ދާއިރާގެ ކުރިއަރަމުން އަންނަ ތަރި، މަރިޔަމް އައްޒަ ހަމަޖައްސައިފިއެވެ.
އެމްބެސެޑަޝިޕްގެ އެއްބަސްވުމުގައި އައްޒަ އާއި އެކު ޕިރަމިޑް ފިހާރަ ހިންގަމުން އަންނަ އޭރީސް އެންޓިޕްރައިޒަސްއާއެކު ސޮއިކުރީ އިއްޔެއެވެ.
ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޕިރަމިޑުން ހިންގާ އެކި ހާއްސަ ޕްރޮމޯޝަން ތަކާއި ޕްރޮޑަކްޓް ކެމްޕޭންތައް ހިންގުމުގައި އައްޒަ ބައިވެރިވާނެއެވެ. އެގޮތުން އައްޒައާއެކު ޕިރަމިޑުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް އިއްޔެ ފަށައިފައެވެ.
އެ ޕްރޮމޯޝަންގެ ދަށުން ޕިރަމިޑުން މީގެ އަހަރެއް ކުރިން ރާއްޖެއަށް ތައާރަފްކުރި ރިޓްޒްބަރީ ކުކިން ޗޮކްލެޓަކާއެކު މަންޗީ މާރީ ބިސްކޯދު ޕެކެޓެއް ހިލޭ ލިބޭނެއެވެ.
ޕިރަމިޑުގެ މާކެޓިން މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވީ، އެ ޕްރޮމޯޝަންގެ ތެރޭގައި ރިޓްޒްބަރީ ބިސްކޯދު ރަހަބެލުމުގެ ހަރަކާތްތަކެއް މާލޭގެ ބޮޑެތި ސުޕަމާކެޓްތަކުގެ އިތުރުން މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް އެކިތަންތަނުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޕިރަމިޑުން އަންނަނީ 1984 ވަނަ އަހަރުން ފެށިގެން ދިވެހިންގެ ތެރޭގައި މަޝްހޫރު މަންޗީ މާރީ، ކްރާފްޓް ޗީޒް، ބެގަ ޗީޒް، ޓުޑޭސް ޓޭސްޓް ސައިފަތް، މިއުޒިކް ވޭފާ، ރާނީ ޖޫސް، ސަން އަޕް އަދި ޓޭންގް ޖޫސް ފަދަ ގިނަ ޕްރޮޑަކްޓްތަކެއް ރާއްޖެ އެތެރެކޮށް ވިއްކަމުންނެވެ.
މީގެ އިތުރުން ވެސް ރިސޯޓް މާކެޓާއި ޑޮމެސްޓިކް މާކެޓަށް ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކެއް ޕިރަމިޑުން ދަނީ އަބަދުވެސް މާކެޓަށް ތައާރަފްކުރަމުންނެވެ.