އިސްތަށި ފޭބުން ހުއްޓުވައިދޭ، ދެ ޖިންސުގެ މީހުންނަށް ހާއްސަ "ޤިލިބް" އެސްޓީއޯ އިން ތައާރަފުކޮށްފި

ޤިލިބް ގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރުމަށް އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ

ދެ ޖިންސުގެ މީހުންނަށް ވެސް ޚާއްސަ، އިސްތަށިގަނޑަށް ފައިދާހުރި ގަލްޑަރމާ ބްރޭންޑުގެ "ޤިލިބް" ގެ އުފެއްދުންތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ހަމުގެ ސިއްހަތަށް ޚާއްސަ އުފެއްދުންތަކަށް ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ގަލްޑަރމާ ބްރޭންޑާ އެކު އެސްޓީއޯ އިން މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރު އެވެ. އެސްޓީއޯ އަކީ ގަލްޑަރމާ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ކުންފުންޏެވެ.

ގަލްޑަރމާ ގެ ސެޓަފިލް، ބިލުމާ އަދި ޑޭލޯންގް ފަދަ ޕްރޮޑަކްޓުތައް މިހާރުވެސް އެސްޓީއޯ އިން ލިބެން ހުރި އިރު، މިއަދު ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރި ޤިލިބް އަކީ އިސްތަށިގަނޑަށް އެތައް ފައިދާއެއް ކުރާ އުފެއްދުމެކެވެ.

ޤިލިބް އަކީ އިސްތަށި ފޭބުން ހުއްޓުވައިދޭ، އިސްތަށިގަނޑު ވަރުގަދަކޮށްދޭ ޕްރޮޑަކްޓެއްގެ ގޮތުގައި ސާބިތުވެފައިވާ އުފެއްދުމެކެވެ.

އެސްޓީއޯ އިން ބުނީ ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ އިތުބާރުލިބިފައިވާ އިތުރު އުފެއްދުންތައްވެސް ރާއްޖެއަށް ތައާރަފު ކުރާނެ ކަމަށެވެ. އަދި އެސްޓީއޯގެ ބޭސްފިހާރަތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކުން އެ އުފެެއްދުންތައް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް