ޒަޚަމްތަކަކާ އެކު މަގުމަތިން ފެނުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި

އައިޖީއެމްއެޗް: ޒަޚަމްތަކަކާ އެކު މަގުމަތިން ފެނުނު މީހަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުން ---- ސަން ފައިލް ފޮޓޯ

ޒަޚަމްތަކަކާ އެކު މާލޭގެ މަގެއްގެ މަތިން ފެނުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ އެމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި ބޮލަށް ވަރަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.

"ޕޭޝަންޓަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި. ދެން ހެޑް އެންޖަރީއެއްވެސް ވެފައި ވަނީ ވަރަށް ބޮޑަށް. އީއާރުގައި މިވަގުތު އޮތީ. ވަރަށް ސީރިއަސް ޕޭޝަންޓު." ޒީނަތު ވިދާޅުވި އެވެ.

ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗު ސަރަހައްދުގައި ޒަހަމްތަކަކާއި އެކު އޮތް މީހަކު ފެނިފައިވާ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 9:30ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ އަކީ ޏ. ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ.

comment ކޮމެންޓް