މަސްތުވާތަކެތީގެ މައްސަލައެއްގައި ކުއްތާ ބޭނުން ކޮށްގެން މާލޭގެ ދެ ގެއެއް ބަލަން ފަށައިފި

ފުލުހުން މިހާރު ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާ ސަރަހައްދު: ސަން ފޮޓޯ/ މުހައްމަދު އަފުރާހު

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުއްތާ ބޭނުން ކޮށްގެން މާލޭގެ ދެ ގެއެއް ފުލުހުން ބަލާ ފާސްކުރަން ފަށައިފި އެވެ.

ފުލުހުން ދާދި ދެންމެ އަކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަމުން ދަނީ ހ. ކުނަހަންގާލިގެއާ ހ. ހުދުހުދާ މަންޒިލް ކަމަށެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާ ސަރަހައްދުގައި ފުލުހަކު ކުއްތާއެއް ގޮވައިގެން: ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑުރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި ފާރަ ބޭނުން ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް