ބީއެމްއެލްގެ އަހަރީ ޖަލްސާ މިމަހު 28 ގައި ކުރުނބާގައި

ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 33 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރޭ 8:00 ގައި ކުރުނބާ މޯލްޑިވްސްގެ ޖަލްސާ ކުރާ މާލަމުގައި އެޖަލްސާ އޮންނާނެ ކަމަށެވެ.

އެޖަލްސާއަށް ދާން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ ރޭ 7:30 ގައި ޖެޓީ ނަމްބަރު 6 އިން ފުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ޖަލްސާގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތައް ފާސްކުރުމާއި އެކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ހިއްސާދާރަކު ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރުމާއި ބީއެމްއެލްގެ އެކްސްޓާނަލް އޮޑިޓަރެއް ކަނޑައަޅާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ހަމައެއާއެކު ނިމިދިޔަ އަހަރު ބީއެމްއެލްގެ ފައިދާ އިން ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ނިންމި ފައިސާގެ އަދަދު ފާސްކުރުން އޮންނާނެ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލް އިން މިއަދު އާންމު ކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އާމްދަނީ އިން ޓެކްސްއަށްވާ އަދަދު ކެނޑުމުގެ ކުރިން އެ ބޭންކުގެ ފައިދާ 932 މިލިއަނަށް އަރާ ކަމަށެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 29 ޕަސަންޓުގެ ކުރި އެރުމެކެވެ.

މި ފައިދާއާ އެކު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ، ހިއްސާގެ ފައިދާގެ ގޮތުގައި 91.4 މިލިޔަން ރުފިޔާ ބެހުމަށް ހުށަހަޅައިފަ އެވެ. އެއީ ހިއްސާއަކަށް 17 ރުފިޔާ އެވެ. ބީއެމްއެލްއިން ބުނާ ގޮތުގައި މިއީ ހިއްސާގެ ގޮތުގައި ބެހުމަށް ރިކޯޑު އަދަދެއް ޖެހި ޖެހިގެން ހުށަހަޅާން ޖެހުނު ތިން ވަނަ ފަހަރެވެ.

comment ކޮމެންޓް