"މުވައްޒަފުންގެ ސުކީމު" ގައި ބައިވެރިވި ތިންވަނަ އިދާރާއަކަށް ކަސްޓަމްސް

ކަސްޓަމްސްގެ ފަރާތުން ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި ބައިވެރިވުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް" ކަސްޓަމްސް އިން ބައިވެރިވެއްޖެ އެވެ.

ކަސްޓަމްސް އަކީ ސަރުކާރު އިދާރާތަކުގެ ތެރެއިން އެ ސުކީމްގައި ބައިވެރިވި ތިންވަނަ އިދާރާ އެވެ. މީގެ ކުރިން ފުލުހުންނާއި ހޯމް މިނިސްޓްރީ އިން ވަނީ އެ ސުކީމްގައި ބައިވެރިވެފަ އެވެ.

ކަސްޓަމްސްގެ ފަރާތުން ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސުކީމްގައި ބައިވެރިވުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މީގެ ކުރިން އެ ސުކީމުގައި އެއާޕޯޓްސް ކޮމްޕެނީ އާއި އެސްޓީއޯ އަދި އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީ އިން ވަނީ ބައިވެރިވެފަ އެވެ.

އެ ސުކީމުގައި ބައިވެރިވުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނާ އެކު ކަސްޓަމްސް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މިއަދު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީހެވެ. ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

ކަސްޓަމްސްގެ ފަރާތުން ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސުކީމްގައި ބައިވެރިވުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އާންމުކޮށް ލިބޭ މުސާރަ އިން އާއިލާ ބަލަހައްޓައި ކުރަންޖެހޭ އެހެން ހަރަދުތައް ކުރުމަށް ފަހު ފައިސާ އެއްކުރުމަކީ ފަސޭހަ ކަމަކަށް ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ސްކީމެއްގައި ބައިވެރިވެއްޖެ ނަމަ ހައްޖު ނުވަތަ އުމްރާފަދަ އަޅުކަންތައް އަދާކުރުމަށް ފައިސާ އެއްކުރަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްގެ ފަރާތުން ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި ބައިވެރިވުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ، އެ ސްކީމްގެ ދަށުން މުވައްޒަފުންގެ މުސާރައިން މުވައްޒަފުން ކަނޑައަޅާ އަދަދެއް ކޮންމެ މަހަކުވެސް ކަނޑާނެ ކަމަށެވެ. އަދި ދައްކަންޖެހޭ ފައިސާގެ 70 ޕަސެންޓް ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނީ ކޮން އަހަރަކުކަން އަންގައި ހައްޖު ކޯޕަރޭޝަނުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ.

comment ކޮމެންޓް