ސަރުކާރު ކުންފުންޏެއްގެ އެމްޑީއަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސަވައިފި

އަމިނަތު ޝަރާހަތު--- ފޮޓޯ: ސީއެންއެމް

ސަރުކާރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ސަރުކާރު ކުންފުންޏެއް ކަމުގައިވާ ޚަޒާނާ މޯލްޑިވްސް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން އައްޔަން ކޮށްފައި ވަނީ ހ. ކެލާމާވިލާ އާމިނަތު ޝަރާހަތު އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ އަށް މަރުހަބާ ދަންނަވައިފަ އެވެ.

މިހާތަނަށް ޝަރާހަތު ހުންނެވީ އިސްލާމިކް ބޭންކުގެ ލީގަލް ޑިޕާޓްމަންޓުގެ ވެރިޔާގެ މަގާމުގަ އެވެ. ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލްކުރައްވާފައިވާ ޝަރާހަތަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް