ކުއާޓާއަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ތެރެއިން --- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.

ކުއާޓާއަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެފައި ވަނީ އެމްޕީބީއޭ ކްލަބް ހައުސްގައި ރޭ ކުޅުނު ގަދަ 16ގެ މެޗުތަކަށް ފަހު އެވެ.

އެ މުބާރާތުގެ ގަދަ 16ގެ މެޗުތައް ކާމިޔާބުކޮށް، ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައި ވަނީ ސޮއްފާން ޝާކިރާއި، އަހްމަދު ރަމްޒީ އާއި، އިސްމާއިލް ރަޒީން އާއި އިބްރާޙިމް ހަނީފްއާއި މުހައްމަދު ފަރީމް އާއި ދުންޔާޒް މުހައްމަދާއި ފަތުހުﷲ ޖަމީލް އަދި އަހުސަން ހާޝިމް އެވެ.

ރޭ ކުޅުނު ގަދަ 16ގެ މެޗުތަކަށް ބަލައިލާ އިރު، އަހްމަދު އަފްރާހު އަތުން ސޮއްފާން ޝާކިރު ވަނީ 6-3 ފްރާމްއިން މޮޅުވެފަ އެވެ. މޫސާ ސާމިއު އަތުން 5-6 ފްރޭމްއިން އަހްމަދު ރަމްޒީ މޮޅުވި އިރު، މުހައްމަދު ޝަރީފް އަތުން އިސްމާއިލް ރަޒީން މޮޅުވެފައި ވަނީ 6-4 ފްރޭމް އިންނެވެ. އަބްދުﷲ ހަމީޒްއާ ވާދަކޮށް، އިބްރާހިމް ހަނީފް ވަނީ ފަސޭހަކަމާ އެކު 6-1 ފްރޭމްއިން މެޗު ކާމިޔާބުކޮށްފަ އެވެ.

ގަދަ 16ގައި އަލީ ޝާވިން އަތުން ފަސޭހަކަމާއެކު މުހައްމަދު ފަރީމް 6-1 ފްރޭމް އިން މޮޅުވި އިރު، އަހްމަދު ޝަރީފް ހުސައިން އަތުން ދުންޔާޒް މުހައްމަދު މޮޅުވެފައި ވަނީ 6-5 ފްރޭމްއިންނެވެ. އިސްމާއިލް ސުވައިދު އަތުން 6-4 ފްރޭމްއިން ފަތުހުﷲ ޖަމީލް މޮޅުވި އިރު، ހަސަން ޝާޒް މުހައްމަދު އަތުން އަހުސަން ހާޝިމް މޮޅުވެފައިވަނީ 6-4 ފްރޭމްއިންނެވެ.

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ކުއާޓާގެ މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެމްޕީބީއޭ ކްލަބު ހައުސްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާގައި ސޮއްފާން ޝާކިރުއާ ދެކޮޅަށް އަހްމަދު ރަމްޒީ ނުކުންނަ އިރު، އިސްމާއިލް ރަޒީންއާ ދެކޮޅަށް އިބްރާޙިމް ހަނީފް ނުކުންނާނެ އެވެ. މުހައްމަދު ފަރީމްއާ ދެކޮޅަށް ދުންޔާޒް މުހައްމަދު ނުކުންނައިރު، ފަތުހުﷲ ޖަމީލްއާ ދެކޮޅަށް އަހުސަން ހާޝިމް ނުކުންނާނެ އެވެ.

comment ކޮމެންޓް