ޕްރޫން ބޭނުން ކުރަންވީ ސަބަބުތައް!

ޕްރޫން ---

ޕްރޫން އަކީ ރާއްޖޭގެ ބަޒާރުން ފަސޭހަ ވަރަށް ކަމާ އެކު ލިބެން ހުންނަ މީރު މޭވާ އެކެވެ. މީރު ކަމާއެއް ވަރަށް އެއީ އަގު ވެސް ހެޔޮ މޭވާ އެކެވެ. އާއްމުކޮށް ކާން ބޭނުން ކުރި ނަމަވެސް، ޕްރޫންގައި ތައްޔާރު ކުރާ ޖޫހަކީ ވެސް މީރު ޖޫހެކެވެ.

މީރު ކަމާ އެއްވަރަށް އެއީ ސިއްހަތަށް ވަރަށް ފައިދާ ވެސް ހުރި މޭވާ އެކެވެ. ހަމައެހެންމެ އެއީ އެތަކެއް ބަލިތަކަކަށް ހުރި ފަރުވާއެއް ވެސްމެ އެވެ. އެހެންކަމުން ޕްރޫން ކޮންމެހެން ވެސް ބޭނުން ކުރަންވީ ބައެއް ސަބަބުތަކަށް ބަލާލާނަ މެވެ.

ފާހާނާ ކުރަން ދަތިވާ ފަރާތްތަކަށް ވެސް ޕްރޫން ހައްލު ހޯދައިދޭ

ފާހާނާ ކުރަން ދަތިވާނަމަ ޕްރޫން ކާށެވެ. ނުވަތަ އޭގެ ޖޫސް ބޭނުން ކުރާށެވެ. މާ ގިނަ އިރުތަކެއް ނުވެ އެކަމަށް ހައްލު ލިބޭނެ އެވެ.

ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދޭ

ތިބާ އަކީ އާއްމުކޮށް ލޭގެ ޕްރެޝަރު މައްޗަށް ދާ ފަރާތެއް ނަމަ ޕްރޫން ބޭނުން ކުރާށެވެ. އޭގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް އެކުލެވެ އެވެ. އެ މާއްދާ އަކީ ހިތުގެ ވިންދު ރެގިއުލޭޓު ކުރުމަށާއި ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރި ވެދޭ މާއްދާ އެކެވެ.

ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ޕްރޫންގައި ގިނަ އަދަދަކަށް ފައިބާ އެކުލެވެ އެވެ. ފައިބާ އަކީ ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރި ކޮށްދޭ މާއްދާ އެކެވެ. އެގޮތުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހިތް ހުއްޓުން ފަދަ މައްސަލަތަކުން ރައްކާތެރި ވުމަށް އެ މާއްދާ އެހީތެރި ވެެދެ އެވެ.

ޕްރޫން އަކީ އެނީމިއާ އަށް ހުރި ފަރުވާ އެއް

ޕްރޫންގައި އަޔަން ނުވަތަ ދަގަނޑުގެ ބައި ގިނަ އަދަދަކަށް އެކުލެވެ އެވެ. އަޔަން އަކީ ރެޑްބްލަޑު ސެލް އުފެއްދުމަށް އެހީތެރި ވެދޭ މާއްދާ އެކެވެ. ހަށިގަނޑުން ރެޑްބަލްޑު ސެލް މަދުވެއްޖެ ނަމަ އެނީމިއާ ޖެހުމަށް މަގުފަހިވެ އެވެ. އެހެންކަމުން ވީހާ ވެސް ގިނައިން ޕްރޫން އާއި ޕްރޫން ޖޫސް ބޭނުން ކުރާށެވެ.

މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް

comment ކޮމެންޓް