މޭޑޭގައި ބާއްވާ އެއްވެސް ހިނގާލުމަކަށް ފުރުސަތެއް ނުދޭނަން: ފުލުހުން

އެމްްޑީޕީއިން މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމެއް ފުލުހުން ހުއްޓުވަނީ --- ސަން ފޮޓޯ: މުހަންމަދު އަފްރާހް

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ބައެއް ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވަން އިންތިޒާމުކުރަމުންދާ ކަމަށް ބުނާ ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުުހުންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑުގެ ހެޑް ޗީފްސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ، އެފަދަ ހިނގާލުމެއް ބޭއްވުމުން މާލޭގެ މަގުތަކުގައި ހިނގައި ބިނގައިވާ މީހުންނަށާއި ދުއްވާ ތަކެތި ދުއްވުން ހުއްޓި އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ހިނގާލުން ކުރިޔަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.

މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވެފައި ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރަން ޖެހުމުން ދަތުރުފަތުރުގެ ނިޒާމަށް ދަތިތައް ފޯރައި ހިނގައިބިނގައިވާ ފަރާތްތަކަށް ދަތިތައް ފޯރާތީ މިފަދަ ހިނގާލުންތައް ކުރިޔަށް ގެންދަން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް