ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުންވާ ފުރަތަމަ ގައިޑް ފްރޭމް ބަހައްޓައިފި

ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުންވާ ފުރަތަމަ ގައިޑް ފްރޭމް އިއްޔެ ބަހައްޓަނީ --- ފޮޓޯ/ ޓްވީޓާ

ޗައިނާ-މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުންވާ ފުރަތަމަ "ގައިޑް ފްރޭމް" ބަހައްޓައިފި އެވެ.

ހައުސިން މިނިސްޓަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖުގެ ފްލެޓްފޯމު މަތީގައި ބްރިޖުގެ ފުރަތަމަ ގައިޑް ފްރޭމް ބެހެއްޓުމުގެ މަސައްކަތް އިއްޔެ ނިމިފައިވާ ކަމަށެވެ.

ބްރިޖުގެ ފައުންޑޭޝަން އަޅަން ބަހައްޓާ "ގައިޑް ފްރޭމް" އަކީ އަސްލު ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ޕައިލްތައް، ހުންނަންވާ ތަނަށް ގެނައުމަށް ބޭނުންކުރަން ބްރިޖުގެ ކޮންމެ ޕްލެޓްފޯމެއްގެ މަތީގައި ޖަހާ އެއްޗެހިތަކެކެވެ.

ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުންވާ ފުރަތަމަ ގައިޑް ފްރޭމް އިއްޔެ ބަހައްޓަނީ --- ފޮޓޯ/ ޓްވީޓާ

ހައުސިން މިނިސްޓްރީން ބުނީ، މިހާތަނަށް ބްރިޖުގެ ތިން ޕްލެޓްފޯމެއް ބަހައްޓާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވީ، ކުރިއަށް އޮތް ޖުލައި ނުވަތަ އޮގަސްޓް ހިސާބުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މީޑިއާ އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ބްރިޖުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުންވާ ފުރަތަމަ ގައިޑް ފްރޭމް އިއްޔެ ބަހައްޓަނީ --- ފޮޓޯ/ ޓްވީޓާ

ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

comment ކޮމެންޓް