އެސްޓީއޯގެ ފުރަތަމަ ތިން މަހުގެ ފައިދާ 112 މިލިއަން ރުފިޔާ އަށް

އެސްޓީއޯ ހެޑްއޮފީސް --- ސަން ފައިލް ފޮޓޯ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 112 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނީގެ މިދިޔަ ތިން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރާ އަޅާބަލާ އިރު އެއީ 30 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައި ވަނީ 77 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 30 ޕަސެންޓުގެ އިތުރުވުމެކެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނިން 1.2 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް