ސީމެގުން ހުށަހެޅި ކަންކަން ސެޕްޓެމްބަރުގެ ކުރިން އިސްލާހު ނުކުރާނަމަ ފިޔަވަޅުއަޅާނަން: ހޫގޯ ސްވަޔާ

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ފޮރިން މިނިސްޓަރު ދުންޔާ އާ އެކު ----

ހަ ދާއިރާއަކުން ރާއްޖެއިން އިސްލާހުކުރަންޖެހޭ ކަމަށް ފާހަގަކޮށް ސީމެގުން ހުށަހަޅާފައިވާ ކަންކަން ސެޕްޓެމްބަރުގެ ކުރިން އިސްލާހު ނުކުރާނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކޮމަންވެލްތު އޮފީހުގެ ފޮރިން މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވެއްޖެ އެވެ.

ސީމެގުގެ އެޖެންޑާގައި ރާއްޖެ އަދި ނުހިމަނަން ނިންމިއަސް، ސީމެގުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މަދަނީ ފަރުދުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކާއި މިނިވަންކަން ދިނުމަށް ރާއްޖެއަށް ހުށަހެޅި ކަންތައްތަކަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. ވަކި މުއްދަތެއްގެ ތެރޭގައި އެ ކަންތައްތައްތައް ހާސިލު ކުރުމަށް މަގުޗާޓެއް އެކުލަވާލައި، ޕާޓީތަކާއެކު ދިވެހި ސަރުކާރުން ކުރަމުންދާ މަޝްވަރާއިން ކުރިއެރުމެއް ލިބޭ ކަމުގެ ހެކި ފެންނަން ޖެހޭ ކަމަށް ސީމެގުން ވަނީ ބުނެފަ އެވެ.

ކޮމަންވެލްތު މަޖިލީހުގެ މެމްބަރެއްކަމަށްވާ ޖޫލީ ކޫޕާ، ހޫގޯއާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިދިއަ ބުރާސްފަތި ދުވަހު އޭނާ ވިދާޅުވީ، ރާއްޖެއަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންކަން އިސްލާހު ނުކޮށްފިނަަމަ ވިޔަވަޅުއަޅާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަންކަން އިސްލާހު ނުކޮށްފިނަމަ އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށް ހޫގޯ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން އިސްލާހު ކުރުމަށް ސީމެގުން ހުށަހަޅާފައިވާ ކަންކަމުގެ މަގުޗާޓެއް އެކުލަވާލައި ޕާޓީތަކާއެކު ދިވެހި ސަރުކާރުން ކުރަމުންދާ މަޝްވަރާއިން ކުރިއެރުމެއް ލިބޭ ކަމުގެ ހެކި ފެންނަން ޖެހޭ ކަމަށް ސީމެގުން ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އަދިވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. އިދިކޮޅު އެމްޑީޕީ އަދި އަދާލަތުން ބުނެފައިވަނީ މަޝްވަރާތަކުގައި ބައިވެރިވާނީ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ފަރާތްތައް ދޫކޮށްލުމުން ކަމަށެވެ.

comment ކޮމެންޓް