ސިޔާސީ މަޝްވަރާ ތަކުގައި ކާމިޔާބީތަކެއް ހޯދިއްޖެ: ރައީސް ޔާމީން

އދ.ގެ ޕޮލިޓިކަލް އެފެއާޒް، ޑިޕާޓްމަންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލްއާ އާއި ރައީސް ---

ސަރުކާރުން އިސް ނަގައިގެން ކުރިއަށް ގެންދިއުމަށް ހުޅުވާލާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ގެންދިއުމަށް ހުޅުވާލެވުނު މަޝްވަރާތަކުގައި އެހީވެދެއްވުމަށް މިމަހުގެ 16 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އދ.ގެ މަންދޫބް، އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒަރު ސެމިއުލް ތަމްރަތު، ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑއިގަތުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއް މެދުވެރި ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ތަމްރަތުގެ ދަތުރުފުޅުގައި ޕާޓީތަކުގެ މަޝްވަރާތަކަށް ކާމިޔާބީތަކެއް ހޯދިފައިވާކަމަ ށެވެ.

ހަމައެއާ އެކު، ކުރިއަށް އޮތް ތާނގައި ވެސް ތަމްރަތު ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާތީ އެކަމަށް މަރުހަބާ ދަންނަވާ ކަމަށާއި ސިޔާސީ މަޝްވަރާތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމުގެ ޔަގީންކަން އދ. އަށާއި ބައިނަލްއަގުވާމީ މުޖުތަމައު އަދި ސިޔާސީ ޕާޓީތަކަށާއި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ދެއްވި އެވެ.

ހަމައެހެންމެ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ.އިން ދެއްވި އެހީ އާއި، ހާއްސަ ގޮތެއްގައި އދ.ގެ މަންދޫބު ކުރެއްވި ކާމިޔާބު މަސައްކަތްތަކަށް ރައީސް ޔާމީން ވަނީ ޝުކުރު ދަންނަވާފަ އެވެ.

އަދި އެ މަޝްވަރާތަކުގައި ބައިވެރިވެ އެއްބާރުލުންދިން ސިޔާސީ ޕާޓީތަކަށް ވެސް ރައީސް ޔާމީން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދިޔުމަށް ހުޅުވާލެވުނު މަޝްވަރާތަކަށް އެހީތެރި ވެދެއްވުމަށް ރާއްޖެ ވަޑައިގެންނެވި އދ.ގެ މަންދޫބު ސެމިއުލް ތަމްރަތު، އޭނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އޭނާގެ އެ ދަތުރުފުޅުގައި ރައީސް ޔާމީން އާއި ދައުލަތުގެ ވަޒީރުން އަދި ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ ވަފްދާއި، ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާ ހުރިހާ ޕާޓީތަކަކާ ބައްދަލުކުރައްވާފައިވެއެވެ. އަދި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ދަތުރުކުރައްވައި، އެގައުމުގައި ތިއްބަވާ، ރާއްޖެއަށް އެކި ގައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.

comment ކޮމެންޓް