ރައީސް އޮފީހުން އެޅީ "ފޯލްސް އެލާމެއް": އެމްއެންޑީއެފް

ރައީސް އޮފީސް

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ފަޔަރ އެލާމް އެއް އަޅަމުން ދިޔަ ނަމަވެސް، އެއީ "ފޯލްސް އެލާމެއް" ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ރައީސް އޮފީހުން ފަޔަރ އެލާމް އެއް އަޅާފައި ވަނީ ދާދި ދެންމެއަކު އެވެ. އެމްއެންޑީއެފް އިން ވެސް ވަނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ފަޔަރ އެލާމް އަޅަމުންދާތީ، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަަމަށް ބުނެފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ ރައީސް އޮފީހުން އަޅާފައި ވަނީ "ފޯލްސް އެލާމެއް" ކަމަށެވެ.

ރައީސް އޮފީހުން ފޯލްސް އެލާމެއް އަޅާފައި ވާއިރު، އެމްއެންޑީއެފް އިން ވަނީ ރައީސް އޮފީހުގެ ހުރިހާ ތަނެއް ޗެކު ކޮށްފަ އެވެ. އެއްވެސް ހިސާބަކުން އަލިފާނުގެ އަސަރު ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ހާމަކުރެ އެވެ.

އަދި އެއީ އެލާމް ސިސްޓަމަށް ދިމާވި މައްސަލައަކުން ދިމާވި ގޮތެއް ކަމަށް ބެލެވޭ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

comment ކޮމެންޓް