ސިފައިންގެ އާއިލީ ހަވީރު: އެތައް ކުދިންނަކަށް ތަފާތު ތަޖުރިބާއެއް

ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ސިފައިންގެ އާއިލީ ހަވީރު މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހަވީރު ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

މެޑަމް ފާތުން ސިފައިންގެ އާއިލީ ހަވީރު ހުޅުވައިދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އެ ހަވީރުގައި ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އެގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި އަދި މީގެއިތުރުން ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ކުޅިވަރުތަކާއި ސިފައިންގެ ޔުނިޓްތައް ރަމްޒުކޮށްދޭ ސްޓޯލްތަކާއި ތަފާތު މޫދު ކުޅިވަރުތައް އެ އާއިލީ ހަވީރުގައި ފެނިގެން ދިޔަ އެވެ.

ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ހަމައެއާއެކު، ކޯސްޓްގާޑް ޝިޕްތަކަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި އެކު ސްޓޭޖް ޝޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސިފައިންގެ އާއިލީ ހަވީރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އިރު، ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ސިފައިންގެ ތަމްރީނު ތަކުގައި ހިމެނޭ ބައެއް ކަހަލަ ހަރަކާތްތަކުގައިވެސް ބައިވެރިވެފަ އެވެ.

ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ސިފައިންގެ އާއިލީ ހަވީރު މާދަމާ ހަވީރުވެސް ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް