ބާޖަމާލުއްދީނުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ--

ބާޖަމާލުއްދީން ސްކޫލް ތެރޭގައި ހުރި ގަހެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)ގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުޙައްމަދު މިއަދު ސަން އަށް ވިދާޅުވީ މިއަދު 2:15 ކަންހާއިރު ބާޖަމާލުއްދީންގެ ތެރޭގައި ހުރިގަހެއްގައި އަލިފާން ރޯވެފައި ހުއްޓާ ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހާދިސާގައި ގެއްލުމެއް ނުވާ ކަމަށާއި ސިފައިން ދިޔައިރުވެސް އަލިފާންގަނޑު ވަނީ ކޮންޓުރޯލް ވެފައިކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ވަނީ ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް ހަވީރު ނޫހުގައިވެސް ރޯކޮށްލާފައެވެ. އަދި މީގެ ދެ ހަފްތާކުރިން ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތައް ބަޔަކަށް ވަނީ ގެއްލުންވެފައެވެ.

comment ކޮމެންޓް