ސައިބަރ ކްރައިމްއަށް އައްޑޫ ސިޓީގެ ދަރިވަރުން ހޭލުންތެރި ކުރުވައިފި

ސައިބަރ ކްރައިމް އަށް ދަރިވަރުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދިޔަ ކްލާހުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސުކޫލާއި ހިތަދޫ ސުކޫލުގެ ދަރިވަރުން ސައިބަރ ކްރައިމް އަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ކްލާހެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.

މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލް އަދި ހިތަދޫ ސްކޫލުގައި ވަކިވަކިން ކުރިއަށްދިޔަ އެ ކުލާހުގައި 185 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

އެ ކްލާހުގައި ސައިބަރ ކްރައިމްސްއަކީ ކޮބައިކަމާއި ސައިބަރ ބުލީއިންގއާއި ސޯޝަލް މީޑިއާގައި ސައިބަރ ބުލެކްމެއިލް އާ ގުޅޭގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

އޭގެ އިތުރުން ސައިބަރ ކްރައިމްގެ ތެރޭގައި ހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ އަމަލު ކުރާނޭ ގޮތާއި އެފަދަކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މި ކުލާހުގައި މައުލޫމާތު ދީފައިވެ އެވެ.

ދަރިވަރުންނަށް ސައިބަރ ކްރައިމް އާ ގުޅޭ މައުލޫމާތު ދީފައި ވަނީ ސައިބަރ ކްރައިމްސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނެވެ.

comment ކޮމެންޓް