އޯޕަން 10 ބޯލް ބިލިއާޑް މުބާރާތް ފަށައިފި

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ތެރެއިން --- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އޯޕަން 10 ބޯލް ބިލިއާޑް މުބާރާތް ރޭ ފަށައިފި އެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ފެށުނު އެ މުބާރާތުގައި ރޭ ޖުމްލަ 12 މެޗު ކުޅެވުނެވެ. އެ 12 މެޗު ކުޅެވުނީ ތިން ސެޝަނަކަށް ބަހާލައިގެން، ކޮންމެ ސެޝަނެއްގައި ހަތަރު މެޗު ހިމެނޭ ގޮތަށެވެ.

ފުރަތަމަ ސެޝަންގައި އިސްމާއިލް ރަޒީން އަތުން ރޭ އިސްމާއިލް ސުވައިދު 5-4 ފްރޭމްއިން މޮޅުވި އިރު، މާޒް އަބްދުﷲ އަތުން މުހައްމަދު ފަރީމް ވަނީ ފަސޭހަކަމާއެކު 5-0 ފްރޭމްއިން މޮޅުވެފަ އެވެ. ދުންޔާޒް މުހައްމަދު އަތުން 5-2 ފްރޭމްއިން މުހައްމަދު ޝަރީފް މޮޅުވި އިރު، ޒަފްރާން ހުސައިން އަތުން ހަސަން ޝަރީފް މޮޅުވީ 5-2 ފްރޭމްއިންނެވެ.

ދެވަނަ ސެޝަންގައި އަހްމަދު ރާއިފް އަތުން 5-1 ފްރޭމްއިން ހަސަން ޝާޒް މޮޅުވި އިރު، އަހްމަދު ޝުޖާއު އަތުން އަހްމަދު ޝަރީފް ހުސައިން މޮޅުވީ ފަސޭހަކަމާއެކު 5-0 ފްރޭމްއިންނެވެ. މުހައްމަދު ވިޝާހު އަތުން 5-1 ފްރޭމްއިން ފަތުހުﷲ ޖަމީލް މޮޅުވި އިރު، މުހައްމަދު ޝަހުލާން އަތުން ސޮއްފާން ޝާކިރު މޮޅުވީ ފަސޭހަކަމާއެކު 5-0 ފްރޭމްއިންނެވެ.

ތިންވަނަ ސެޝަންގައި މުހައްމަދު ރިޝްފާން އަތުން 5-2 ފްރޭމްއިން އިބްރާހިމް ރިޔާޒް މޮޅުވި އިރު، އިބްރާހިމް ޒިޔާއު އަތުން 5-1 ފްރޭމްއިން މޫސާ ސާމިއު ވަނީ މޮޅުވެފަ އެވެ. އަބްދުﷲ ނަޝާތު އަތުން 5-2 ފްރޭމްއިން ޔޫސުފް ޒުބައިރު މޮޅުވި އިރު، އަލީ ޝާވިން އަތުން އިބްރާހިމް ހަނީފް މޮޅުވީ 5-3 ފްރޭމްއިންނެވެ.

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތް ކުރިއަށްދާނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެމްޕީބީއޭ ކްލަބު ހައުސްގައެވެ.

comment ކޮމެންޓް