މީހަކަށް ބިރުދެއްކި މީހަކު ހަ މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މީހަކަށް ބިރުދެއްކި މީހަކު ހަ މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މ. ބާރަނާ އަޝްރަފް އަބްދުލް ވާހިދުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ބިރުދެއްކުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ 5:00 އެހައިކަންހާއިރު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރަނިކޮށް އެވަގުތު އެތަނުގައި ހުރި މ. ބާރަނާ އާސިމާ އަލީއާ ދިމާލަށް ބިރުދައްކައި އިންޒާރުދީފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

comment ކޮމެންޓް