މުރައިދޫގައި ފިޒިކަލް އެޑިއުކޭޝަން ކޯހެއް ފަށައިފި

މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް އާއި ހއ.މުރައިދޫ ކައުންސިލް އިދާރާއާ ގުޅިގެން ހއ.މުރައިދޫގައި ކުރިއަށްގެންދާ ފިޒިކަލް އެޑިއުކޭޝަން ކޯހުގެ ތެރެއިން ---

ޕްރައިމަރީ އަދި ޕްރީސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް އާއި ހއ. މުރައިދޫ ކައުންސިލް އިދާރާއާ ގުޅިގެން މުރައިދޫގައި ފިޒިކަލް އެޑިއުކޭޝަން ކޯހެއް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފިޒިކަލް އެޑިއުކޭޝަން ކޯހުގައި ބައިވެރިވެފައި ވަނީ ޖުމްލަ 30 ބައިވެރިންނެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސްއާއި ހއ. މުރައިދޫ ކައުންސިލް އިދާރާއާ ގުޅިގެން ހއ. މުރައިދޫގައި ކުރިއަށްގެންދާ ފިޒިކަލް އެޑިއުކޭޝަން ކޯހުގެ ތެރެއިން ---

ކޯހުގައި ހއ. އަތޮޅާއި ހދ. އަތޮޅުގެ ނުވަ ސްކޫލެއްގެ ބައިވެރިން ހިމެނެ އެވެ. އެއީ ހއ. މުރައިދޫ ސްކޫލާއި، ހއ. ތުރާކުނު ސްކޫލާއި ހއ. މޮޅަދޫ ސްކޫލާއި، ހއ. ފިއްލަދޫ ސްކޫލާއި، ހއ.ދިއްދޫ ސްކޫލާއި، ހއ.އުތީމު ސްކޫލާއި، ހއ.މާރަންދޫ އާއި، ހއ.އިހަވަންދޫ އާއި، ހއ.ހޯރަފުށި ތަޢުލީމީ މަރުކަޒުގެ ޓީޗަރުންނެވެ. އެ ކޯހަކީ ޕްރައިމަރީ ސްކޫލްތަކާއި ޕްރީސްކޫލްތަކުގެ ޓީޗަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ހިންގާ ކޯހެކެވެ.

އެ ކޯހުގެ ތިއަރީ ކްލާސްތައް ހއ. މުރައިދޫ ޕްރީސްކޫލްގައި ކުރިއަށްދާ އިރު، ޕްރެކްޓިކަލް ސެޝަންތައް ކުރިއަށްދަނީ އެ ރަށުގެ އަންހެން ވޮލީ ކޯޓު ކައިރީ އޮންނަ ހުސްބިމުގަ އެވެ.

comment ކޮމެންޓް