ބަންދާ ގުޅޭ މައްސަލަތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭގޮތަށް ހަމަޖައްސައިފި

ބަންދުގެ މައްސަލަތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އާންމު ސިޓީއެއްގައި ވަނީ މީގެކުރިން ސުޕްރީމް ކޯޓުން ނެރުނު "ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ރާއްޖޭގެ ދެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެ ގޮފީގައި އިސްތިއުނާފު ކުރުމާ ބެހޭ ސާކިއުލާ" ގައި ވާގޮތުން ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް 10 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރަންޖެހޭ ކަމަށެވެ.

އެ ސާކިއުލާގައި އެހެން އޮތްނަމަވެސް ކުށެއްގެ ތުހުމަތުގައި ބަންދާމެދު ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަންޖެހޭނީ "ކުށެއްގެ ތުހުމަތު ކުރެވޭ ނުވަތަ ބަންދު ކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ އަމުރު ނެރޭ ވަގުތުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް އުނިކޮށް 48 ގަޑިއިރުގެ ތެރޭގައި ކަމަށެވެ.

comment ކޮމެންޓް