ދެރަށެއްގައި އެއާޕޯޓް ތަރައްގީކުރާތީ އީއައިއޭ ހެދުމަށް ހުޅުވާލައިފި

އެއާޕޯޓްގައި ބަޔަކު ހިނގާފައި ދަނީ

ދެރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރާތީ އެ ދެރަށުގެ އެއާޕޯޓް ހެދުމުގެ ކުރިން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދަންޖެހޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އީއައިއޭގެ މަސައްކަތް ކުރުމަށް ހުޅުވާލީ ހދ. ކުޅުދުއްފުއްޓާއި ށ. ފަރުކޮޅުގައެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކުރި އިއުލާނެއްގައި ބުނީ އެ ދެރަށުގައި އެއާޕޯޓް ހެދުމަށްޓަކައި އީއައިއޭ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން މިމަހު 21 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ރީޖަނަލް އެއާޕޯޓްސް އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު މިމަހުގެ 28 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ރީޖަނަލް އެއާޕޯޓްސް އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް